ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
މި ދެ ރަށުގައި އަލުން ވޯޓުލާން ނިންމީ އެދެ ރަށަށް ނިސްބަތް ނުވާ މީހުން ރަށު ކައުންސިލަށް ވޯޓުލާފައިވާތީ ކަމަށެ އީސީން މައުލޫމާތު ދެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ގާދިއްފުށީފައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ހަސަން އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއާ ދެމެދު ކަމަށާއި ލ. މާވަށުގައި ކުރިއަށްގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓުލުމާއި ކައުންސިލް ދެ މެމްބަރެއްގެ ދެމެދުގައި ވޯޓު ލުން ކަމަށެވެ.
އެގޮތުން ކައުންސިލް ރައީސް ހޮވަން އަލުން ވޯޓުލުން ކުރިއަށްދާނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަބްދުއްރަހްމާންއާއި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު މޫސާއާ ދެމެދުގަ އެވެ.
އަދި ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ވޯޓުލުން ކުރިއަށް ގެންދާނީ އެމްޑީޕީގެ ފަރާތުން ކުރިމަތިލި ހަސަން ޝިހާބްއާއި ޕީޕީއެމްގެ ފަރާތުން ކުރިމަތިލި އިބްރާހިމް އަބޫބަކުރުއާ ދެމެދުގަ އެވެ.