ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އެކި ކަހަލަ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޒުވާނުންގެ ކައުންސެލިން ހިދުމަތްތަކަށް ހާއްސަ ހިލޭ ގުޅޭ ނަންބަރު (ޓޯލް-ފްރީ ލައިން) "1456" ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ކޮންމެ ޒުވާނަކަށް ވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، ފަސޭހަކަމާ އެކު އެއް ފުރާޅެއްގެ ދަށުން ކައުންސެލިންއާއި، ނަފްސާނީ ސިއްހަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުން ކަމަށެވެ.
Introducing 1456 - the toll-free line for Youth Counselling Services.
— Ministry of Youth Empowerment, Sports and Fitness (@MoYSF_mv) September 16, 2026
Young people can now call 1456 to access counselling, mental health support, wellbeing guidance and other services based on their individual needs.
Through 1456, youth can access:
• Individual & Family… pic.twitter.com/sxjk6JRa2o
އެގޮތުން މި ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ބޭނުންވާ ކައުންސިލިންގެ ހިދުމަތާއި، ނަފްސާނީ ކުއްލި އެހީތެރިކަމުގެ އިތުރުން ސިއްހީ ސްކްރީނިން ހިދުމަތްތައް ލިބޭނެއެވެ.
މީގެ އިތުރުން ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހިދުމަތްތައް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އާ ދެމެދު އެ ނަމްބަރަށް ގުޅައިގެން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ހެލްޕްލައިނެއް ގާއިމްކުރިއިރު ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން "1677" މެދުވެރިކޮށް ވެސް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ ޔޫތު ހަބުގައި ގާއިމުކޮށްފައިވާ "ހެޕިނެސް ލައުންޖު" މެދުވެރިކޮށް ވެސް ކައުންސިލިންގެ ހިދުމަތް ހިލޭ ލިބެން ހުރެއެވެ.




