twitterviber whatsapp telegramfacebookyoutube instagram
7th September 2026

ރެސިޕީ: މެންގޯ ޕިރިނީ

ޚަދީޖާ އާދަމް
Apr 21, 2021

މެންގޯ ޕިރިނީ

ބޭނުންވާ ތަކެތި:

3 މޭޒުމަތީ ސަމުސާ ހަނޑޫ ފުށް
¾ ޖޯޑު ކޮށާފައިހުރި ދޮން އަނބު
3 ޖޯޑު ފުލް ކްރީމް ކިރު
6 ކާފޫރު ތޮޅި
2/3 ޖޯޑު ގެރި ކިރު
½ ސައިސަމުސާ މުގުރި ކާފޫރު ތޮޅި
1 ސައިސަމުސާ ރޯޒް ވޯޓަރ

ހަދާނެ ގޮތް:

މިކްޗަރަށް އަނބުކޮޅު އަޅާ އޮމާން ޕޭސްޓް ގަނޑެއް ހަދާށެވެ. ބައި ޖޯޑުގެ ޕޭސްޓް ހެދެން ވާނެއެވެ. ދެން ވަކިން ބަހައްޓާށެވެ. ދެން ފުލް ކްރީމް ކިރާއި ކާފޫރު ތޮޅިކޮޅު ތެއްޔަކަށް އަޅާފައި ކައްކާށެވެ. ކިރު ބޮކިޖަހާ ކެކެން ފެށީމައި ގިނި މަޑު ކޮށްލާފައި ތެއްޔަށް ހަނޑޫކޮޅު އަޅާށެވެ. ދެން ތެލީގައި ހުރި ތަކެތި ދެބައިކުޅަ އެއްބަޔަށް މަދުވަންދެން މަޑު ގިނީގައި ކައްކާށެވެ. ފުލުގައި ހިފިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ހަލާލަން ވާނެއެވެ.

ކާފޫރު ތޮޅިތައް ތެލިން ނަގާށެވެ. ދެން ގެރިކިރުކޮޅު އަޅާ އެއްކޮށްލާށެވެ. ތެލީގައި ހުރި ތަކެތި އޮލަވެ ހަނޑޫކޮޅު އެއްކޮށް ކެކެންދެން ކައްކާށެވެ. ތެލީގައި ހުރި ތަކެތި އޮލަވެ ހަނޑޫކޮޅު އެއްކޮށް ކެކެންދެން މަޑު ގިނީގައި ކައްކާށެވެ. ކެކެމުންދާއިރު ގެންދަންވާނީ ހަލަމުންނެވެ.

އުނދުން ނިވާލާފައި މުގުރި ކާފޫރު ތޮޅިއާއި ރޯޒްވޯޓަރ ތެއްޔަށް އަޅާ އެއްކޮށްލާށެވެ. ދެން ހިހޫ ކުރަން ބަހައްޓާށެވެ. އެއްކޮށް ހިހޫވީމައި އަނބުކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ފްރިޖަށްލާ ފިނި ކޮށްލާށެވެ. ބޭނުމިއްޔާ މައްޗަށް ކެޝޫނަޓް ނޫނީ އެކަހަލަ ކޮންމެވެސް އެހެން އެއްޗެއް އަޅާލެވިދާނެއެވެ.

މަސްދަރު: ލޮނުމެދު.ކޮމް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355