ދަ އިކޯ އޯގްގެ ވާޗުއަލް ޓޯކް ސީރީޒް ދަ އައިލެންޑް ސެޝަންގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.
މި އިވެންޓު ހޮސްޓުކުރާނީ ކްރޮސްރޯޑްސްގައި ހުންނަ "ޔޯ ސްޕޭސް" އާ ގުޅިގެން "ދަ އައިލެންޑް ލެބް" އިންނެވެ.
މި ސެޝަންތައް އޮންލައިންކޮށް ސްޓްރީމު ކުރާނެއެވެ. އަދިއާންމުންނަށް މި ސެޝަންތައް ބެލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މި ސެޝަންތަކުގައި ރާއްޖޭގެ ލީޑިން އެންޓްރަޕްރެނެއަރުންނާއި އިންވެސްޓަރުން އަދި ރިސާޗަރުންނާއި ދުނިޔޭގެ އެކި ސަރަހައްދުތަކުން ކަމާ ގުޅުން ހުރި ދާއިރާތަކުގެ އެކްސްޕާޓުން ބައިވެރިކޮށްގެން އެކި ދާއިރާތަކުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރާނެ އެވެ.
މި އިވެންޓުގައި އެންްރަޕްރެނިއާޝިޕް، ސަސްޓެއިނެބިލިޓީ އަދި ފްރަންޓިއާ ޓެކްނޮލަޖީސް އާ ގުޅޭގޮތުން ވާހަކަ ދައްކައި ހިޔާލު ބަދަލު ކުރާނެ އެވެ. މި ސީރީޒްގައި ސްޓާޓްއަޕްސް، ޕްރޮޑަކްޓް ޑިޒައިން އަދި ޑިވެލޮޕްމެންޓާ ގުޅޭ ދާއިރާތަކުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރާނެ އެވެ.
ފުރަތަމަ ސެޝަން މެއި 11 ވަނަ ދުވަހު ބާއްވާއިރު އެ ސެޝަންގައި ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރާނީ މިހާރުގެ އިންވެސްޓިން ޓްރެންޑުތަކާއި ކޮވިޑު ބަލިމަޑުކަމަށްފަހު އެންޓަޓެއިންމެންޓު އިންޑަސްޓްރީގެ މުސްތަގުބަލާ ގުޅޭގޮތުންނެވެ. އެ ސެޝަންގައި ހޮލީވުޑްގެ އެކްޒެކެޓިވް ޕްރޮޑިއުސަރު އަދި އިންވެސްޓުމެންޓު މެނޭޖަރު ބިލް ލިޝެކްވެސް ބައިވެރިވާނެ އެވެ.
މި ސެޝަންތަކުގައި ބައިވެރުވުމަށް ދަަ އައިލެންޑް ލެބްގެ ވެބްސައިޓު މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ އެވެ.