twitterviber whatsapp telegramfacebookyoutube instagram
26th July 2026

ރެސިޕީ: ޗިކަން ގްރޭވީ

ޚަދީޖާ އާދަމް
Apr 22, 2021

ރޯދަމަހު ކުކުޅަކީ ބަނދިގެ ތެރޭގައި އާންމު އެއްޗެކެވެ. އެކި ކަހަލަ ރިހައާއި ހިކިކޮށްވެސް އެކި ރެސިޕީތަކަށް ކުކުޅު ހަދައެވެ. އެގޮތުން ޗިކަން ގްރޭވީއަކީ ރޮށި ނުވަތަ ބަތާއެކުވެސް ކާން މީރު ވާނެ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

  • 6 ހިކި މިރުސް
  • 10 ކެޝޫ ނަޓް
  • 2 ޓޮމާޓޯ (މެދު މިނުގެ)
  • ކުޑަ ތެޔޮކޮޅެއް
  • 1 ފިޔާ (ކުދިކޮށް ކޮށާފަ)
  • 1 ސައިސަމުސާ ލޮނުމެދު ޕޭސްޓް
  • 1 ސައިސަމުސާ އިނގުރު ޕޭސްޓް
  • ½ ސައިސަމުސާ ރީނދޫ
  • 1 ސައިސަމުސާ ތެޅި މިރުސް
  • 1 ސައިސަމުސާ ލޮނު
  • ½ ސައިސަމުސާ ގަރަމް މަސާލާ
  • 500 ގ ކުކުޅު. (ކޮށާފަ. ބޭނުންނަމަ ކުކުޅުފައި ނުވަތަ ކުކުޅު މަސްވެސް ބޭނުން ކުރެވިދާނެ)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ހިކި މިރުސްކޮޅާ ކެޝޫނަޓްތައް ތަވައެއްގައި ރޯސްޓްކޮށްލާށެވެ. ދެން އެއަށްފަހު ބްލެންޑަރަކަށް އަޅާ ހިމުންކޮށްލާށެވެ. އެއަށްފަހު އޭގެތެރެއިން ކޮށާލާފައި ޓޮމާޓޯކޮޅު އަޅާ އެއްކޮށް ޕޭސްޓަކަށް ވަންދެން ބްލެންޑްކޮށްލާށެވެ. ދެން ތަވައަކަށް ތެޔޮކޮޅުއަޅާ ހޫނުވެލުމުން ފިޔާކޮޅުއަޅާށެވެ. ފިޔާކޮޅު ރަތް ވެލުމުން ލޮނުމެދާއި އިނގުރު ޕޭސްޓް، ރީނދޫ، ތެޅި މިރުސް ކޮޅުއަޅާ އެއްކޮށްލާށެވެ.

އެއަށްފަހު ކުކުޅުކޮޅު އަޅާ 5-6 މިނެޓް ވަންދެން ކައްކާލާށެވެ. ކުކުޅު ކޮޅު ރޯފިލުމުން ލޮނުކޮޅާ ކުރިން ތައްޔާރުކޮށްލި ޕޭސްޓާއި ގަރަމް މަސާލާކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ކުޑަ ފެންކޮޅެއް އަޅާ މަޑު ގިނީގައި 15 މިނެޓް ވަރު ކައްކާލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355