twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސާމްޕަލް ސެންޓަރުތަކުން ހަދާ ޓެސްޓް ރަށްރަށަށް ދާން ބޭނުން ކުރެވޭނެ

Apr 22, 2021
1

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުން ސާމްޕަލް ނަގައިގެން ހަދާ ޓެސްޓަކުގެ ނަތީޖާ ރަށްރަށަށް ދާން ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެޗްއީއޯސީން ބުނީ އަތޮޅު ތެރެޔަށް ދަތުރުކުރާ ފަރާތްތަކަށް ފައިސާ ނުދައްކާ ޕީސީއާރު ޓެސްޓު ހެދޭނޭ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން ސާވެއިލެންސްގެ ދަށުން ނަގާ ޓެސްޓުތަކުގެ ނަތީޖާއަށް ބަލައިގެންވެސް އަތޮޅު ތެރެއަށް ދަތުރުކުރުމަށް ހުއްދަ ދޭން މިހާރު ނިންމާފައިވާ ކަމަށެވެ. ޕްރައިވެޓް ކުލިނިކްތަކާއި ލެބްތަކުން ޕީސީއާރު ޓެސްޓް ހެދުމުގެ އަގު އުޅެނީ 700 ރުފިޔާއާ ހަމައިގަ އެވެ.

މިމަހުގެ 16 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ ވެކްސިން އެއްކޮށް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލާ ރަށްރަށަށް ދެވޭނެ އުސޫލެއް ހަމަޖައްސައިފަ އެވެ.

އެ އުސޫލުގައިވާ ގޮތުގައި ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ.

އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތައް ހުށަހަޅަން ޖެހެނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެކެވެ. އަދި ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ދަތުރުކުރާ ރަށެއްގެ ކައުންސިލާ މައުލޫމާތު ހިއްސާ ކުރަންޖެހޭނެކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެޗްއީއޯސީގެ އުސޫލު ބުނާ ގޮތުން ވެކްސިން ޖަހަން ޝަރުތު ހަމަނުވާ ފަރާތްތައް ރަށްރަށަށް ދަތުރުކުރާ ނަމަވެސް ޕީސީއާރު ޓެސްޓެއްް ހުށަހަޅަން ޖެހެ އެވެ.

މާލޭގައި މިވަގުތު ހުރި ސާމްޕްލިންގް ސެންޓަރުތަކުގެ ތެރޭގައި އައިޖީއެމްއެޗް، ސެނަހިޔާ އަދި މާލެހިޔާ ސަރަހައްދުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355