twitterviber whatsapp telegramfacebookyoutube instagram
10th November 2026

ރެސިޕީ: ޑޭޓް ބްރެޑް

Apr 24, 2021

ކަދުރަކީ މި ރޯދަމަހު ކޮންމެ ގެޔެއްގައިވެސް ތިޔާގި ބާވަތެކެވެ. އެހެންކަމުން މިފަހަރު ކަދުރު ބޭނުންކޮށްގެން އެއްޗެއް ހަލާތުން ރަނގަޅުވާނެއެވެ.

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ކަދުރު
  • 2 ބިސް
  • 1/2 ސައިސަމުސާ ބޭކިންގް ސޮޑާ
  • 1/2 ސައިސަމުސާ ވެނީލާ އެސެންސް
  • 3 ސަމުސާ ބަޓަރު
  • 3 ސަމުސާ ބްރައުން ޝުގަރ
  • 1 ޖޯޑު ފުށް
  • 1 ޖޯޑު ހޫނުފެން

ތައްޔާރުކުރާނެ ގޮތް:

ބޯތަށްޓެއްގެ ތެރޭގައި ފެނާއި، ކަދުރާއި ބޭކިންގް ސޮޑާ އެއްކުރުމަށްފަހު 30 މިނެޓް ވަންދެން ބަހައްޓާލާށެވެ. ދެން ކަދުރު ތަކުގެ އޮށްތައް ނެގުމަށްފަހު އަތުން ނުވަތަ ސަމްސަލަކުން ރަނގަޅަށް ޕޭސްޓް ގަނޑަކަށް ވަންދެން ކަދުރުތައް ޗަސްކޮށްލާށެވެ.

އެއަށްފަހު ހަކުރާއި ބަޓަރު މިކްސް ކޮށްލާށެވެ. މިކްސް ވުމުން އެއަށް ބިހާއި، ފުށާއި، ވެނީލާ އެސެންސް އަދި ޗަސްކުރި ކަދުރުކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

މިބައި ތައްޔާރުވުމުން ޓްރޭއަކަށް ފުށްގަނޑު ލާށެވެ. ޓްރޭ ހުންނަންވާނީ ފުށްގަނޑު ތަތްނުލަވާގޮތަށް ބޭކިން ޕޭޕާ އަޅާފައެވެ. 200 ޑިގްރީގައި 30-25 މިނެޓް ވަންދެން ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293