twitterviber whatsapp telegramfacebookyoutube instagram
18th December 2025

ރެސިޕީ: ޗިކަން އެންޑް މަޝްރޫމް ކަރީ

Apr 25, 2021

ޗިކަން އެންޑް މަޝްރޫމް ކަރީއަކީ ހިކިކޮށް ހަދާ ރިހައެކެވެ. މިއީ ހާރުދަމު ބަތާއެކު ނޫނީ ރޯދަވީއްލާ ގަޑީގައި ރޮއްޓާއެކުވެސް ކާލަން މީރު ރިހައެކެވެ.

ބޭނުންވާ ތަކެތި:

  • ކުޑަ ތެޔޮފޮދެއް
  • 1 ފިޔާ ކުދިކޮށް ކޮށާފަ
  • 2 ސައިސަމުސާ ލޮނު
  • 1 ސައިސަމުސާ އިނގުރު (ޕޭސްޓް ނޫނީ ޕައުޑަރވެސް ބޭނުން ކުރެވޭނެ)
  • 1 ސައިސަމުސާ ލޮނުމެދު (ޕޭސްޓް ނޫނީ ޕައުޑަރވެސް ބޭނުން ކުރެވޭނެ)
  • 1 ސައިސަމުސާ ގަރަމް މަސާލާ
  • 1 ސައިސަމުސާ ދިރި
  • ½ ސައިސަމުސާ ރީނދޫ
  • 1 ސަމުސާ ތެޅި މިރުސް
  • 1 ޖޯޑު ކުކުޅުމަސް (ބޯންލެސް)
  • ½ ޖޯޑު މަޝްރޫމް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތަވައަކަށް ތެޔޮކޮޅުއަޅާ ހޫނު ވެލުމުން ފިޔާކޮޅުއަޅާ މޯޅިވަންދެން ހާކާލާށެވެ. މޯޅިވެލުމުން ކުޑަ ފެންފޮދެއްއަޅާ އަނެއްކާވެ ހާކާށެވެ. ފިޔާތައް މުށިކުލައަކަށް ވަންދެން ހާކަންވާނެއެވެ. ފިޔާތަކުގެ ކުލަ ބަދަލުވުމުން އަނެއްކާވެސް ފެންކޮޅެއް އަޅާލާށެވެ. އެއަށްފަހު ލޮނު، އިނގުރު، ލޮނުމެދު، ގަރަމް މަސާލާ، ދިރި، ރީނދޫ، ތެޅިމިރުސް އަޅާ އެއްކޮށްލާށެވެ. ދެން ކުކުޅުމަސް ކޮޅުއަޅާ ފިޔާކޮޅާ އެއްކޮށްލާށެވެ. ދެން އޭގެތެރެއަށް ދެ ޖޯޑެއްހާ ފެން އަޅާށެވެ. އެއަށްފަހު މަތިޖަހާ 10-15 މިނެޓް ވަންދެން މަޑުގިނީގައި ކައްކާލާށެވެ.

ކައްކާ ނިމުމުން މަޝްރޫމްކޮޅު އަޅާ ކުކުޅުކޮޅާ އެއްކޮށްލާށެވެ. ދެން އަނެއްކާވެސް މަތިޖަހާ 10-15 މިނެޓް ވަންދެން މަޑުގިނީގައި ކައްކާލުމުން ރިހަ ތައްޔާރުކޮށްލެވުނީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355