twitterviber whatsapp telegramfacebookyoutube instagram
17th February 2026

މިއަހަރު އެވިޑް ކޮލެޖުގެ ސްޓޫޑެންޓް ކައުންސިލަށް ހޮވުނު ދަރިވަރުން ހުވާކޮށްފި

Apr 26, 2021

އެވިޑް ކޮލެޖުގެ ސްޓޫޑެންޓް ކައުންސިލަށް މިއަހަރު އަލަށް ހޮވުނު ދަރިވަރުން މަގާމުގެ ހުވާކޮށްފިއެވެ. މި ދަރިވަރުންނަށް ހުވާލައި ދެއްވީ ޑރ ރަމީލާއެވެ.

ދަރިވަރުން ހުވާ ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވިޑް ކޮލެޖުގެ މައި އިދާރާ، ޑައިމަންޑް ކެމްޕަސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ކައުންސިލަށް އައްޔަނުކުރި ދަރިވަރުން:

  • ރައީސް: އިބްރާހިމް އިމްލާގް
  • ނައިބު ރައީސް (އަންހެން/ފިރިހެން): އިބްރާހިމް އަންފައު، އާމިނަތު ރިފްގާ
  • ސެކްރެޓަރީ: މަރިޔަމް ރިފާ އަހުމަދު، މޫސާ ހައްޔާން އިބްރާހިމް
  • ޓްރެޝަރާ: ހުސައިން އަހުސަން
  • އެސިސްޓެންޓް ޓްރެޝަރާ: އައިޝަތު ސަރާ އާސިފް
  • އެކްޓިވިޓީ ކޯޑިނޭޓަރުން: މިޒްނާ ދާވޫދު، ފާތިމަތު ރައުޝާ، އައިޝަތު އީނާޝް ނާޒިމް
  • މީޑިއާ ކޯޑިނޭޓަރުން: މުހައްމަދު ނިޔާޒް، ޝިފާޔަތު ހަސަން

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޗެއާމަން މުޝްތާގު ވިދާޅުވީ، ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކުދިންގެ ހިޔާލާ އެއްގޮތަށް ކޮލެޖުގެ ކަންކަން ބައްޓަން ކުރާނެ ކަމަށް ވިދާޅުވިއެވެ. މުޝްތާގު ވަނީ ދަރުވަރުންނާ މެދު އޯގާތެރިކަމާއި އިންސާފުވެރިކަމާއެކު މަސައްކަތް ކުރުމަށް ލެކްޗަރާއިންނަށް އިލްތިމާސްކުރައްވައިފައެވެ.

އެވިޑް ކޮލެޖުގެ ކައުންސިލްގެ ފަރާތުން ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އިބްރާހިމް އިމްލާގް ވިދާޅުވީ، ހުރިހާ ފެކަލްޓީއަކުންވެސް ކައުންސިލަށް އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355