twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހައިކޯޓު ޤުރްއާން މުބާރާތުގައި ކުޅުދުއްފުށީ ބުރާންޗުން ބައިވެރިވެއްޖެ

Apr 26, 2021

ދިވެހިރާއްޖޭގެ ހައިކޯޓުން އިންތިޒާމްކޮށްގެން އެ ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުންނަށް ބޭއްވި ޤުރްއާން މުބާރާތުގައި ހައިކޯޓުގެ އުތުރު ގޮފިން ބައިވެރިވެއްޖެއެވެ. ހައިކޯޓުގެ އުތުރު ގޮފި ހުންނަނީ ހދ. ކުޅުދުއްފުށީގަ އެވެ.

ހޮނިހިރު ދުވަހު ބޭއްވި މި ޤުރްއާން މުބާރާތުގައި ހައިކޯޓުގެ އުތުރު ގޮފިން ބައިވެރިވީ އޮންލައިންކޮށެވެ. އޮންލައިންކޮށް މި މުބާރާތުގައި ހައިކޯޓުގެ އުތުރު ގޮފިން ކިޔެވީ، އުތުރު ގޮފީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަހްމަދު ހާމީ އެވެ.

މި މުބާރާތުގައި ޖުމްލަ 12 ބައިވެރިއަކުވަނީ ކިޔަވާފައެވެ. އޭގެ ތެރޭގައި ހައިކޯޓުގެ ތިން ފަނޑިޔާރަކުވެސް ހިމެނެއެވެ. މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވީ ޤުރުއާނާ ބެހޭ މަރުކަޒުގެ ޤާރީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355