twitterviber whatsapp telegramfacebookyoutube instagram
26th July 2026

ރެސިޕީ: ސްޕޮންޖް ކޭކު

Apr 28, 2021

ސްޕޮންޖް ކޭކު

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ފުށް
  • ½ 2 ސައިސަމުސާ ބޭކިންގް ޕައުޑަރ
  • ¼ ސައިސަމުސާ ލޮނު
  • 2 ބިސް
  • ¾ ޖޯޑު ހަކުރު
  • ½ ޖޯޑު ތެޔޮ
  • 1/3 ޖޯޑު ކިރު
  • 2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ފުށާއި، ބޭކިންގް ޕައުޑަރާއި ލޮނު ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާފައި އެހަށް ބަހައްޓާށެވެ. ދެން ބިހާއި ހަކުރާއި ތެޔޮ އެއްކުރާށެވެ. ރަނގަޅަށް އޮލަ ވަންދެން ހާކަން ވާނެއެވެ. ގިރާފައި ހުރި ބިސްތަކުގެ ތެރެއަށް ފުށް އެތިން 4 މޭޒުމަތީ ސަމުސާ ވަރުގެ އެތިކޮޅެއް އަޅާ އެއްކޮށްލާށެވެ. ދެން 2 މޭޒުމަތީ ސަމުސާ ކިރުކޮޅެއް އަޅާ އެއްކޮށްލާށެވެ. މިގޮތަށް ފުށާއި ކިރު އަޅައި އެއްކުރަމުން އެތަކެތި ހުސްކޮށްލާށެވެ. ދެން ވެނީލާ އެސެންސް އަޅައި އެއްކޮށްލާށެވެ.

ކޭކު ފިހަން އަވަނަށް ލުމުގެ 10 މިނެޓު ކުރިން ހޫނު ކުރަން ޖައްސަން ވާނެއެވެ. ކޭކު ފިހާ ތަބަކެއްގެ ފުލުގައާއި އަރިމަތި ތަކުގައި 2 ސައިސަމުސަލެއްހާ ތެޔޮ އުނގުޅާލާށެވެ. ދެން އުނގުޅާފައި ހުރި ތެޔޮތަކުގެ މައްޗަށް މޭޒުމަތީ ސަމުސަލެއްހާ ފުށް ބުރުއްސާލާށެވެ. އެއަށްފަހު ކުރިން ތައްޔާރު ކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށެވެ.

ކޭކު ފިހާނީ މައްޗަށް ރަން މުށި ކުލަ އަރައި މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު އޭގައި އެއްވެސް އެއްޗެއް ހަރުނުލާ ހުންނާނެ ވަރަށެވެ.

މަސްދަރު: ލޮނުމެދު.ކޮމް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355