twitterviber whatsapp telegramfacebookyoutube instagram
19th April 2025

ހުރިހާ ރަށެއްގައި މާސްކުއެޅުން މިހާރުވެސް މަޖުބޫރު: އެޗްޕީއޭ

ޚަދީޖާ އާދަމް
Apr 29, 2021
1

ކޮވިޑް-19 އިން ރައްކާތެެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް އެންގި އެންގުން އެ ގޮތުގައި ދެމި އޮތްކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާން ކޮށްދީފި އެވެ.

އެޗްޕީއޭއިން މިގޮތަށް އަންގާފައިމިވަނީ މިހާރަކަށްއައިސް މާލޭގައި އަދި ރަށްރަށުގައިވެސް މީހުން މާސްކު ނާޅާ ބޭރުގައި އުޅޭ އަދަދު އިތުރުވުމާއި ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މާސްކުއަޅަން ހަނދާންކޮށްދިނުމަށެވެ.

މާސްކުއެޅުން އެޗްޕީއޭއިން މަޖުބޫރުކޮށްފައި ވީނަމަވެސް ކަމާބެހޭ އިދާރާތަކުން މާސްކުނާޅާ އުޅޭ ފަރާތްތައް ހުއްޓުވާ ނަސޭހަތް ދީފައިވަނީ މާސްކުއަޅަން ފުރަތަމަ މަޖުބޫރިކުރިތާ ކުރީކޮޅުއެވެ. މިހާރު އެފަދަ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް ނާޅާކަން ފާހަގަކޮށްލެވެ.

ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކުރީ ޑިސެންބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާސްކުގެ ފައިދާ އެންމެ ރަނގަޅަށް ކުރާނީ މާސްކު އަޅާ އިރު ރަނގަޅަށް އަނގަޔާއި ނޭފަތް ނިވާވާ ގޮތަށް އެޅުމުން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 28،588 މީހަކަށް ބަލި ޖެހިފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދަދު ވަނީ 4،000 އިން މަތީގައެވެ. ކޮވިޑް ޖެހިގެން 71 މީހަކު މަރުވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355