twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރެސިޕީ: ސްޕައިސީ މެކަރޯނީ

Apr 29, 2021

ސްޕައިސީ މެކަރޯނީ

ބޭނުންވާ ތަކެތި:

  • 4 ޖޯޑު ފެން
  • 1 ސައި ސަމުސާ ލޮނު
  • 3 ސައި ސަމުސާ ތެޔޮ
  • 1 ޖޯޑު މެކަރޯނީ ނުވަތަ ޕާސްތާ
  • 2 ލޮނުމެދު (ކިއުބްކޮށް ކުދިކޮށް ކޮށާފަ)
  • 1 ކުޑަ ފިޔާ (ކިއުބްކޮށް ކުދިކޮށް ކޮށާފަ)
  • 3/1 ޖޯޑު ޓޯމާޓޯ ޕޭސްޓް
  • 2/1 ސަމުސާ ތެޅި މިރުސް
  • 2/1 އަސޭމިރުސް (މުގުރާފަ)
  • 2/1 ޖޯޑު ކިރު
  • 2/1 ހެވީ ކްރީމް (ވިޕިން ކްރީން/ ޑަބަލް ކްރީމް ވެސް ބޭނުން ކުރެވޭނެ)
  • 1 ކިއުބް ޗިކަން ސްޓޮކް (ބޭނުން ނަމަ)
  • 2/1 ޖޯޑު ޗެޑަރ ޗީޒް
  • 2/1 ޖޯޑު މޮޒޮރެއްލާ
  • 1 ސަމުސާ ބަޓަރު (އަންސޯލްޓެޑް)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތެއްޔަކަށް ފެންކޮޅުއަޅާ އޭގެތެރެއަށް ބައި ސަމުސާ ލޮނާއި 1 ސަމުސާ ތެޔޮކޮޅު އަޅާ ހޫނުވެލުމުން މެކަރޯނީ ކޮޅު އަޅާށެވެ. މެކަރޯނީކޮޅު މަޑުވެލުމުން އެ ފެންގަނޑުން ޖޯޑެއްހާ ފެން ސޯސް ކޮޅުތައްޔާރުކުރާއިރު ބޭނުން ކުރަން ވަކިން ނަގާފައި ބާކީހުރި ފެންތައް ފުރާނާލާ މެކަރޯނީކޮޅު ވަކިން ބަހައްޓާށެވެ.

ސޯސްގަނޑު ތައްޔާރުކުރަން ބާކީހުރި ތެޔޮކޮޅު ތަވައަކަށް އާޅާ ހޫނުވެލުމުން ލޮނުމެދާއި، ފިޔާކޮޅު އަޅާ މޯޅިވަންދެން ހާކާށެވެ. ދެން ޓޮމަޓޯ ޕޭސްޓްކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ބައި ސަމުސާ ލޮނު، މިރުސް، އަސޭމިރުސް އަޅާ އެއްކޮށްލާފަ ކުރި މެކަރޯނީ މަޑުކުރި ފެންގަނޑުން ނެގި 1 ޖޯޑު ފެން އަޅާ ރަގަނޅަށް އެއްކޮށްލާ ކުދިބޮކި ޖަހަންދެން މަޑުގިނީގައި ކައްކާލާށެވެ. ދެން ކިރު، ހެވީ ކްރީމް، ޗިކަން ސްޓޮކް އަޅާ ހާކާލާށެވެ. އޮލަވަންދެން ހޭކުމަށްފަހު މެކަރޯނީކޮޅު އަޅާ ސޯސްކޮޅާ އެއްކޮށްލުމަށްފަހު މައްޗަށް ޗީޒްކޮޅާ ބަޓަރުކޮޅު އަޅާ އެއްކޮށްލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355