twitterviber whatsapp telegramfacebookyoutube instagram
16th August 2026

ކުޅުދުއްފުށީގެ ހުރިހާ މިސްކިތްތަކެއްގައި މިއަހަރު ދަމު ނަމާދުކުރާނެ

އަބްދުލް ވާހިދު ޙަސަން
May 2, 2021
1

ކުޅުދުއްފުށީ ސިޓީގެ ހުރިހާ މިސްކިތްތަކެއްގައި މިއަހަރު ދަމު ނަމާދުކުރާގޮތަށް ހަމަޖައްސާފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.

ކައުންސިލުން ބުނީ ހުރިހާ މިސްކިތްތަކެއްގައި ދަމު ނަމާދުކުރާނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި ހުރިހާ މިސްކިތްތަކެއްގެ ވެސް ދަމު ނަމާދުކުރާނީ ރަށުގެ އިމާމުން ކަމަށެވެ.

ދަމު ނަމާދުކުރާ މިސްކިތްތަކާއި ވަގުތު:-

  • މަސްޖިދުލް ޙަޟާރަތު - މެންދަމު 02:00
  • މަސްޖިދުލް ހަސަނާތު - މެންދަމު 02:00
  • މަސްޖިދުލް ޖަމާޢަތު - މެންދަމު 02:00
  • މަސްޖިދުލް ނޫރު - މެންދަމު 02:30
  • މަސްޖިދުލް ޢުލާ - މެންދަމު 02:30
  • މަސްޖިދުލް ފިރުދައުސް - މެންދަމު 02:30

މިރޭ ދަމު ނަމާދުކުރަން ފަށާއިރު ތިން މިސްކިތެއްގައި ދަމު ނަމާދުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މެންދަމު 02:00 ގައި އެވެ. އަނެއް ތިން މިސްކިތުގައި ދަމު ނަމާދުކުރަން ފަށާނީ 02:30 ގައި އެވެ.

📢 1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފަހު ދިހައިގެ ދަމުނަމާދާބެހޭ

Posted by Kulhudhuffushi Council on Thursday, April 22, 2021

ރޯދަމަހުގެ ފަހު 10 ގައި ޖަމާއަތުގައި ކުރާ ދަމު ނަމާދު ކުރާއިރު އިއުތިކާފަށް އިނުމަކީވެސް ގަދަވެގެންވާ ސުންނަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355