twitterviber whatsapp telegramfacebookyoutube instagram
19th April 2024

ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރުމުން ދަތުރުކުރަން ދިން ލުއިތައް މެދުކަނޑާލައިފި

ޚަދީޖާ އާދަމް
May 4, 2021

ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ދަތުރުކުރަން ދިން ލުއިތައް މި މަހުގެ 5 އިން 15 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިން ޖެހުމުން ދަތުރުކުރަން ދިން ލުއިތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާވާނެ ކަމަށެވެ.

އެޗްޕީއޭއިން މިގޮތަށް ނިންމީ މިހާރު ރާއްޖޭގައި ކޮވިޑް ފެތުރޭމިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެވެ. އެގޮތުން މިހާރު ޒަރޫރީ ބޭނުމަކަށް މާލޭގެ އިތުރުން އެއް ރަށުން އެހެން ރަށަކަށް ވެސް ދަތުރުކުރެވޭނީ އެޗްޕީއޭގެ ހުއްދައާ އެކުއެވެ.

ކޮވިޑް ކޭސްތައް އެހެންޏާ މައްޗަށް ނުދާހާ މިންވަރަށް މިހާރު މައްޗަށް ގޮސްފައިވާއިރު މާލެ ސަަރަހައްދުގައި ކޭސްތައް ކޮންްޓްރޯލްކުރުމަށް ރޭ ވަނީ ފިޔަވަޅުތައް އަޅަން ނިންމާފައެވެ. އެގޮތުން ޕާކުތަކާއި މައިޒާންތައް ބަންދުކޮށް، ކުޅިވަރު ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުން މަނާކޮށްފައި ވެއެވެ. މީގެ އިތުރުން ކިންޑަގާޑަންއިން ފެށިގެން ގްރޭޑް12 އާ ހަމައަށް ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމާށާއި، ރޭގަނޑު 12އިން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައި ވެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355