twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަޤްޞާ މިސްކިތަށް ވަދެ ހިންގި ހަމަނުޖެހުން ރާއްޖެއިން ކުށްވެރިކޮށްފި

ޚަދީޖާ އާދަމް
May 9, 2021

އިޒްރޭލު ފުލުހުން ހަތިޔާރާއެކު މަސްޖިދުލް އަޤްސާއަށް ވަދެ އަޅުކަމުގައި ތިބި ފަލަސްތީންގެ މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަމާޒުވާގޮތަށް ދީފައިވާ އެ އަނިޔާވެރި ހަމަލާތައް ރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ޚާއްސަކޮށް ރަމަޟާން މަހުގެ މި މާތް މައްސަރުގައި އަޅުކަމުގައި ތިބި ބަޔަކަށް އަމާޒުކޮށް އެފަދަ ހަމަލާއެއް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ސެކިއުރިޓީ ކައުންސިލް އަދި ޖެނެރަލް އެސެމްބްލީގެ ގަރާރުތަކާ ވެސް ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ސަރުކާރުން ވަނީ މި ހާލަތުގައި ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނާއެކު ވާކަމުގެ ޔަގީންކަން ދޭ ކަމަށް ބުނެފައެވެ.

މިދިޔަ ހުކުރުދުވަހުގެ ރޭ ތަރާވީހުގެ އަޅުކަން ފުރިހަމަ ކުރުމަށް މުސްލިމުން ތިއްބައި އިޒްރޭލް ފުލުހުން މަސްޖިދުލް އަޤްސާއަށް ހަތިޔާރާއެކު ވަދެގަނެ ސަފުތައް ބުރުވާލައި ހިންގި ހަމަނުޖެހުމުގައި 178 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އޭގެ ތެރެއިން ބޮޑަށް އަނިޔާލިބުނު 88 މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355