twitterviber whatsapp telegramfacebookyoutube instagram
6th December 2025

މާޗު 5 ގެ ކުރިން ވެކްސިން ޖެހި ފަރާތްތަކަށް ދެވަނަ ޑޯޒް ޖެހުމަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
May 9, 2021

މާޗު މަހު 5 ވަނަ ދުވަހުގެ ކުރިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެ ވަނަ ޒޯޑް ޖެހުމަށް ހުޅުވާލައިފި އެވެ.

ކޭއާރުއެޗުން ބުނީ، މާޗު 5 ވަނަ ދުވަހުގެ ކުރިން ފުރަތަމަ ޑޯޒު ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒު ޖެހުމަށް ހުޅުވާލާފައިވާ ކަމަށާއި ދެވަނަ ޒޯޑް ޖެހުން ކުރިއަށްދާނީ މާދަމާ ރޭ 21:00-23:00 އާދެމެދު އުފަން ހިޔާގައި ކަމަށެވެ.

ވެކްސިން ޖަހަން އަންނައިރު އައިޑީކާޑާއި ވެކްސިން ކާޑު ގެންދިޔުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ. ވެކްސިން ޖެހުމަށް ދޫކުރަން ނިންމާފައިވަނީ 200 ނަންބަރު ކަމަށާއި މީހަަކަށްގިނަ ވެގެން ދޫކުރާނީ ދެ ކިއު ނަންބަރުކަމަށްވެސް ކޭއާރުއެޗުން ބުނެފައި ވެއެވެ.

ކޮވިޝީލްޑްގެ ވެކްސިންގެ ދެވަނަ ޑޯޒް އާންމުކޮށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ޖަހަން ފަށާފައިވަނީ މި އެޕްރީލްމަހުގެ 6 ވަނަ ދުވަހު އެވެ.

ކުޅުދުއްފުށީގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށީ މިއަހަރު ފެބުރުއަރީ 1 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355