twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ރައީސް މައުމޫނުގެ ތައުރީފް ފުލުހުންނަށް

ޢަލީ ރަމީޒް
May 9, 2021

ޓެރަރިސްޓް ހަމަލާއާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުލުުހުންގެ މަސައްކަތަށް ތައުރީފު ކުރައްވައިފިއެވެ

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ރާއްޖޭގައި ފަހުން ހިންގި ޓެރަރިސްޓް ހަމަލާގައި ބައިވެރިވި މީހުން ހޯދުމުގައި ދިވެހި ފުލުހުން ކުރާ މަސައްކަތައް ވަނީ ސާބަސް ދަންނަވާފައެވެ. މި ޓްވީޓް ގައި ރައީސް އޮފީސް ޓެގް ކުރައްވާ ނިރުބަވެރި އަމަލުތަކުގައި ބައިވެރިވާ މީހުން ނުވަތަ ޓެރަރިސްޓުން ތިބި ތިބުމަށް ނިމުމެއް ގެންނަންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން ފުލުހުންގެ މަސައްކަތައް ތައުރީފްކޮށްފައި މި ވަނީ ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށްޓަކައި ދިން ހަމަލާގައި ރައްޔިތުންގެ ފަރާތުން ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވެފައި ވަނިކޮށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައިވަނީ، އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެއިން ނުކުންނަވައި، ހިންގަވާފައި މަޖީދީ މަގުގައި ޕާކްކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށެވެ. މި މައްސަލައިގައި ރައީސް ނަޝީދަށް ނުރައްކާ އޮތްކަން ކުރިން ވެސް އެނގޭ އިރު އެފަދަ ހަމަލާ އެއް ދިނުމުގައި ކާމިޔާބު ވުމަކީ ފުލުހުންނާއި ސިފައިންގެ އިންޓެލެޖެންސް ފެއިލްވުން ނޫންތޯ އާއްމުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ ތަހުގީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ އިން ވަނީ ނިންމައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355