twitterviber whatsapp telegramfacebookyoutube instagram
12th August 2026

17 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ގެސްޓް ހައުސްއަކަށް ވަދެ އޮތް ސިފައިންގެ މީހަކު ނެރެފި

އަބްދުލް ވާހިދު ޙަސަން
May 10, 2021
10

ކުޅުދުއްފުށީގައި 17 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ގެސްޓް ހައުސްއަކަށް ވަދެ އޮތް ސިފައިންގެ މީހަކު ނެރެ ފުލުހުންނާ ހަވާލުކޮށްފި އެވެ.

ރޭ 11 ޖަހާއެހާއިރުން ފެށިގެން އެ ގެސްޓްހައުސް ކައިރިއަށް ގިނަ އަދަދެއްގެ މީހުން އެއްވެ، އެ މީހުން ނެރެން ގޮވަމުންގޮސްފައިވެ އެވެ. އެކަމަކު އެއްވެ ތިބި މީހުން ގެސްޓް ހައުސްގެ އެތެރެއަކަށް ވަދެފައިއެއްނުވެ އެވެ.

އެތަނަށް ފުލުހުން ގޮސް ގެސްޓްހައުސްއަށް، ފުލުހުން ވަދެފައިވަނީ 12 ޖެހިފަހުންނެވެ. އޭރު އެ ދެ މީހުން ތިބީ ސިޓިން ރޫމުގައި އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ގެސްޓްހައުސްއެއްގައި ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި ރޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

އެހެން ރަށަކަށް ނިސްބަތްވާ އެ ސިފައިންގެ މީހާ އެ ގެސްޓް ހައުސް އިން ފުލުހުން ނެރެފައިވަނީ ރޭ ދަންވަރު 1:30 ހާއިރު އެވެ. އެތަނުން ފުލުހުން އިތުރު އެއްޗެހިތަކެއްވެސް ނެރެފައިވެ އެވެ.

ފިރިހެން މީހާ ގެސްޓްހައުސްއިން ނެރުނުކަމުގައި ވިޔަސް އަންހެން ކުއްޖާ އެ ވަގުތު އެތަނުން ނެރެފައިއެއްނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355