twitterviber whatsapp telegramfacebookyoutube instagram
26th July 2026

ކުޅުދުއްފުށީގައި ތިބި 18 އަހަރުން މަތީގެ ފަރާތްތަކަށް ސިނޮފާމް ވެކްސިން ދެނީ

ޚަދީޖާ އާދަމް
May 11, 2021

މިހާތަނަށް ކޮވިޑް ވެކްސިން ނުޖަހަ ކުޅުދުއްފުށީގައި ތިބި 18 އަހަރުން މަތީގެ ފަރާތްތަކަށް ސިނޮފާމް ވެކްސިން ޖަހަން ފުރުސަތު ހުޅުވާލައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މިރޭ 21:00-23:00 އަށް އުފަންހިޔާގައި އޮންނާނެ ކަމަށެވެ. އެހެންކަމުން މިހާރު ވެކްސިން ނުޖަހަ ތިބި ފަރާތްތަކުން ފުރުސަތުގެ ބޭނުން ހިފުމަށް އެދިފައި ވެއެވެ.

ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ވުމުންނެވެ. ވެކްސިން ޖެހުމަށް އަންނަ އިރު އައިޑީ ކާޑު ގެންދިއުމަސް އިލްތިމާސްކޮށްފައި ވެއެވެ.

ސިނޮފާމް ވެކްސިން ފުރަތަމަ ދޭން ފަށާފައިވަނީ މާލެ ސަރަހައްދުގަ އެވެ. ކުޅުދުއްފުށީގައި މި ވެކްސިން ޖަހަން ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.

ކުޅުދުއްފުށިން ކޮވިޑްގެ 3 ކޭސް ފެނުމާއި ގުޅިގެން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުން މެދު ކަނޑާލުމަށް ފަހު، ރޭ ވަނީ އަލުން އެ ވެކްސިންގެ ވެސް ދޭން ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355