twitterviber whatsapp telegramfacebookyoutube instagram
21st September 2026

ރެސިޕީ: ޑާކް ޗޮކޮލެޓް ޗިޕްސް ބްރައުނީ

ޚަދީޖާ އާދަމް
May 11, 2021

މިއީ މަދު ބާވަތްތަކެއް ބޭނުންކޮށްލައިގެން ވަރަށް ފަސޭހައިން ހަދާލެވޭ ބްރައުނީއެކެވެ.

ބޭނުންވާ ތަކެތި

  • 1/2 ޖޯޑު ކޮކޯ ޕައުޑާރ
  • 1/2 ޖޯޑު ފުށް
  • 1/2 ޖޯޑު ބަޓަރު
  • 3/4 ޖޯޑު ހަކުރު
  • 3/4 ޖޯޑު ޑާކް ޗޮކުލެޓް ޗިޕްސް
  • 2 ބިސް
  • ކުޑަ ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ބަޓަރުކޮޅާ ދިޔާކޮށްލުމަށްފަހު ކޮކޯޕައުޑަރާ ހަކުރާ އެއްކޮށްލާށެވެ. ދެން އޭގެތެރެއަށް ބިިސް އަޅާ ހަކުރުތައް އެއްކޮށް ގިރެންދެން އެއްކޮށްލާށެވެ.

ދެން އޭގެތެރެއަށް ފުށާ ލޮނުކޮޅު ޕޭސްޓަކަށް ވަންދެން އެއްކޮށްލާށެވެ. ޓްރޭއަކަށް ބްރައުނީ މިކްސް ކޮޅުއަޅާ މަތި އޮމާން ކޮށްލުމަށްފަހު މައްޗަށް ޗޮކްލެޓް ޗިޕްސްތައް އަޅާލާށެވެ. އެއަށްފަހު 20 މިނެޓް ވަންދެން 175 ޑިގްރީ ސެލްސިއަސް ގައި ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293