twitterviber whatsapp telegramfacebookyoutube instagram
1st June 2025

ވީވޯ އެކްސް ސީރީޒްގެ އާ ފޯނުތައް ގެންގުޅޭ ފަރާތްތަކަށް އުފާވެރި ހަބަރެއް

ޢަލީ ރަމީޒް
May 11, 2021

ޗައިނާގެ ކުންފުނި ވީވޯގެ އެކްސް ސީރީޒްގެ ދަށުން ނެރެން ނިންމާފައިވާ އާ ފޯނުތަކަށް ތިން އަހަރުގެ އެންޑްރޮއިޑް އަޕްޑޭޓްދޭން ނިންމައިފި އެވެ.

އެ ކުންފުނިން މިކަން އާދީއްތަ ދުވަހު އިއުލާންކޮށް ބުނެފައިވަނީ މި އަހަރުގެ ޖުލައި ފަހުން ލޯންޗްކުރާ އެކްސް ސީރީޒްގެ ފޯނުތަކަށްސެކިއުރިޓީ އަޕްޑޭޓްސް އާއި އެންޑްރޮއިޑް އޯއެސް އަޕްގްރޭޑް ތިން އަހަރަށް ދޭނެ ކަމަށެވެ.

މިކަމުން ވީވޯގެ އެންމެ ޕްރީމިއަމް މޮޑެލް ކަމަށްވާ އެކްސް ސީރީޒުން ސްމާޓްފޯނުގެ އެންމެ މަތީ ފަންތި ތަޖުރިބާކޮށްލަން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އާ ޕޮލިސީ ހިނގާނީ ޔޫރަޕާއި އޮސްޓްރޭލިއާގެ އިތުރުން އިންޑިއާގެ މާކެޓަށް ޖުލައި މަހުގެ ނެރޭ ފޯނުތަކަށެވެ.

ވީވޯގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަދި ޗީފް ޓެކްނިކަލް އޮފިސަރު ޔުޖިއަން ޝީ ވިދާޅުވިގޮތުގައި އެ ކުންފުނީގެ މަގުސަދަކީ ކަސްޓަމަރުންގެ އުންމީދުތަކާ އެއްވަރުގެ ހިދުމަތްތަކެއް ފޯރުކޮށް ދިނުންކަމަށާއި އެހެންވެ އެކްސް ސީރީޒްގެ ކުރިއަށް ހުރި ފޯނުތަކަށް ވެސް ތިން އަހަރުގެ ސޮފްޓްވެއާ އަޕްޑޭޓް ލިބުމަކީ ކަސްޓަމަރުންނަށްޓަކައި ކޮށްދެވޭ ވަރަށް މުހިއްމު ކަމަކަށް ވާނެ ކަމަށް ވަނީ ބުނެފައެވެ.

އެކްސް ސީރީޒްގެ ދަށުން ވީވޯ އިން އެންމެ ފަހުން ގެނެސްދިނީ މާޗްގައި ނެރުނު އެކްސް60 އާއި އެކްސް60 ޕްރޯގެ އިތުރުން އެކްސް60 ޕްރޯ ޕްލަސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355