ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ސްޓަރ ނިމްޝާ ޒާހިރު ކުރީގެ ވަޒީފާ ކަމަށްވާ މޯލްޑިވިއަން އިން ވަކިވި ސަބަބު ހާމަކޮށްފި އެވެ. ބައިސްކޯފުން ގެނެސްދޭ “ތުންތުންމަތިން” ޕްރޮގުރާމްގައި ފިލްމީ ދާއިރާއަށް އަލަށް ނުކުތް ދެތަރިން ކަމަށްވާ މަރިޔަމް ޝިފާއާއި ނަތާޝާ ޖަލީލާއެކު ބައިވެރިވަމުން، ނިމްޝާ ވަނީ ޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަނުން ކެނޑެން ޖެހުނު ސަބަބު އާާންމުންނަށް އޮޅުންފިލުވައިދީފައެވެ.
ޝޯގެ ހޯސްޓު ޝަހޫ ކުރި ސުވާލަށް ޖަވާބުދެމުން މަޝްހޫރު ޓިކްޓޮކާ ބުނީ، އަސްލު އެ ވަޒީފާއިން ކެނޑުނީ މޯލްޑިވިއަނުން އޭނާއަށް ފުރައްސާރަކޮށް ވަޒީފައިގައި އުޅެން ދަތިވީ ހިސާބުން ކަމަށެވެ.
ނިމްޝާ އެ ވަޒީފާއިން ކެނޑުނީ ނޫން ކަމަށާއި އޭނާ ކަނޑައިލީ ކަމަށްބުނެ ބައެއް މީހުން އޭޭނާގެ ޓިކްޓޮކްތަކުގައި ކޮމެންޓުކޮށް ފޭސްބުކް ސްޓޭސްތަކުގައި އެ ވާހަކަ ފެތުރިފާ އޮތްކަން ޝަހޫ ފާހަގަކުރުމުން ނިމްޝާ ވަނީ އަމިއްލަ އަށް ކެނޑުނީ ކަމަށް ބުނެފައެވެ.
“ކޮމްޕެނީ އަކުން ނިމް ކަނޑައެއް ނުލާ. ކޮމްޕެނީ އިން ނިމް އަށް ދިނީ ފައިނަލް ވާރނިންގް އެއް ރަނގަޅުކުރާށޭ ކިޔާފަ”، ނިމްޝާ ކިޔައިދިނެވެ. ކޮންމެ އިންސާނަކަށް ވެސް އެމީހަކު ބޭނުންގޮތަކަށް އުޅުމުގެ ހައްގު އޮންނާނެ ކަމަށް ނިމްޝާ ދިޔައީ ތަކުރާރުކޮށް ބުނަމުންވެ.
އަދި “މިއުޅެނީ ސްކޫލެއްގައި ނޫން” ކަމަށާއި، ދިރިއުޅުމަށް އަދާކުރާ ވަޒީފާގެ އިތުރުން އަމިއްލަ ކަންކަން ވެސް ކުރަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ކުންފުނިން އޭނާ ބަލައިނުގަތް ކަމަށާއި، ބަލައިނުގަންނަ ތަނެއްގައި އުޅެން ބޭނުންނުވާތީ ވަޒީފާ ދޫކޮށްލީ ކަމުގައި ބުންޏެވެ.
ނިމްޝާ މިހާރު ދަނީ ނަށަން ދަސްކޮށްދޭ ކްލާސް ތަކެއް ވެސް ފަށާފައެވެ. ގިނަ ބައެއްގެ ފާޑުކިޔުންތައް އމާޒުވެފައި ވީ ނަމަވެސް މިކަމަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަ ކޮށްލެވެއެވެ