twitterviber whatsapp telegramfacebookyoutube instagram
13th January 2026

މިއަހަރުގެ ފިތުރު އީދު ދުވަހަކީ ބުރާސްފަތި

May 11, 2021

ޝައްވާލް މަހުގެ ހަނދު މިރޭ ނުފެނުމާ ގުޅިގެން މިއަހަރުގެ ފަހު ރޯދަ ދުވަހަކީ މާދަމާކަމަށާއި ފިތުރު އީދު ދުވަހަކީ ބުރާސްފަތި ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ހަނދާ ބެހޭ ބަޔާން އިއްވަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިރޭ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އެހެންކަމުން ރަމަޟާން މަހާ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް، ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން މާދަމާ އަކީ، ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ. އަދި މި ހިނގާ މެއި މަހުގެ ތޭރަ ވާ ބުރާސްފަތި ދުވަހަކީ، 1442 ވަނަ އަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅާފައިވާކަމަށް މިނިސްޓަރުގެ ބަޔާން އިއްވަވަމުން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355