twitterviber whatsapp telegramfacebookyoutube instagram
8th November 2026

ކުޅުދުއްފުށީގައި ނަމާދުކުރާ ވަގުތު ތާޅަފިލީގެ އަޑު ބޭރަށް ނީވޭގޮތަށް ބަހައްޓަން އަންގައިފި

ޚަދީޖާ އާދަމް
May 12, 2021
4

ހދ. ކުޅުދުއްފުށި ސިޓީގެ މިސްކިތްތަކުގައި ނަމާދު ކުރާ ވަގުތު ބޭރަށް އަޑު ނީވޭ ގޮތަށް ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އަބްދުލް އަޒީޒު އިސްމާއީލް ސޮއި ކުރައްވައި ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް އިއްޔެ ފޮނުވާފައިވާ މެސެޖު ބުނެފައިވަނީ މިސްކިތްތަކުގައި ނަމާދު ކުރަމުންދާއިރު، ބޭރަށް އަޑު ޖައްސާފައި ހުންނަ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

"ބަންގިއާއި ގަމަތް ދިނުމަށްފަހު ނަމާދު ކުރާ ގަޑީގައި މިސްކިތުން ބޭރަށް ތާޅަފިލީގެ އަޑު ނީވޭގޮތަށް ބެހެއްޓެވުން އެދެމެވެ" މިނިސްޓްރީން ފޮނުވާފައިވާ މެސެޖުގައި ވެއެވެ.

ނަމާދު ކުރާ ވަގުތުގައި ބޭރަށް އަޑު ނީވޭ ގޮތަށް ނަމާދު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293