twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރައްކާތެރިވުމުގައި އިތުރަށް ސަމާލުވެ، މާސްކު އެޅުމަށް އިލްތިމާސްކޮށްފި

އަބްދުލް ވާހިދު ޙަސަން
May 12, 2021
5

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ހާއްސަ ސަމާލުކަމެއްދީ، ރައްކާތެރިކަމުގައި ފިޔަވަޅުތަކާއެކު ރައްޔިތުން އުޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އޮފް ހެލްތް ސާވިރސަސް އަހުމަދު ދާއޫދު (ޑޭވިޑް) އިލްތިމާސްކުރައްވައިފި އެވެ.

ޑޭވިޑް މިގޮތަށް އިލްތިމާސްކުރައްވާފައިމިވަނީ އިއްޔެ ކުޅުދުއްފުށިން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެންނެވެ. 34 އަންހެނަކާއި އޭނާ ދެ ދަރިން ޕޮޒިޓިވްވެފައިވާއިރު އެތަނުން އެ ކުއްޖަކު ދިޔަ ސްކޫލުގެ ދަރިވަރުންނާއި ބައެއް ޓީޗަރުންވެސް ސާމްޕަލް ނެގުމަށް ވަނީ ނިންމާފަ އެވެ. ރަށް މޮނިޓަރިންގ ލާ ކޮންޓެކްޓޭސިންގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މިއީ މިމަސްތެރޭގައި ކުޅުދުއްފުށި މޮނިޓަރިންގއަށްލި ދެވަނަ ފަހަރެވެ.

ކޭއޯގައި ވާހަކަދައްކަވަމުން ޑޭވިޑް ވިދާޅުވީ ކުރީ ފަހަރުތަކާ ހިލާފަށް، މިފަހަރު ހާއްސަކޮށް އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރައްޔިތުން އުޅުމަށް އިލްތިމާސްކުރައްވާފަ އެވެ. އެގޮތުން ބޭރުގައި އުޅޭ ވަގުތުގައި މާސްކު އެޅުމަށް ވަރަށް ބޮޑަށް އެދިލެއްވި އެވެ.

މާސްކު އެޅުމުން ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިފަހަރު ވެސް އަޅުގަނޑު އުއްމީދު ކުރަނީ އަދި އަޅުގަނޑުމެން މަސައްކަތް ކުރާނީ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި އަވަހަށް ކޮންޓްރޯލްކުރަން." ކޭއާރުއެޗުގެ މެނޭޖަރު ވިދާޅުވި އެވެ.

މިދުވަސް ވަރަކީ އީދަށް ފިހާރަތަކަށް ޖަމާވާ މީހުންގެ ނިސްބަތް ވެސް އިތުރު ދުވަސްވަރެއް ކަމުން ފިހާރަތަކާއި، ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި ހިދުމަތް ހޯދާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުން މުހިންމު ކަމަށާއި ހާއްސަކޮށް މާސްކު އެޅައިގެން އުޅުން ވަރަށް މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ޕޮޒިޓިވް ވީ ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓްސްގެ ސާމްޕަލްތައް ދަނީ ނެގެމުން. އަލާމާތްތައް ހުރި ނަމަ ލަސް ނުކުރައްވާ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ ޓެސްޓް ކުރައްވާ. ނުވަތަ އަޅުގަނޑުމެންގެ ކޮވިޑް ހޮޓްލައިން 7606688 އާ ގުޅުއްވާ މައުލޫމާތު ހިއްސާ ކުރައްވާ." ޑޭވިޑް ވިދާޅުވި އެވެ.

ސާމްޕަލް ނެގުމުގައި ހޮސްޕިޓަލްގެ ޓީމު ހަރަކާތްތެރިވާއިރު ސާމްޕަލް ދިނުމަށް އެދެފިނަމަ އެކަމަށް ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް ރައްޔިތުންގެ ފަރާތުން އޭނާ އެދިލެއްވި އެވެ. އަދި މާލެއިން ސާމްޕަލް ނަގާ ފަރާތްތަކުގެ ތެރެއިން 60 އިންސައްތައަށް ވުރެ މަތީ އަދަދެއް ޕޮޒިޓިވް ވާއިރު، ކަރަންޓީނުގެ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ތަބާވުމަށް އޭނާ އެދިލެއްވި އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައިވެސް ވަރަށް ގޯސްވެފައިވާއިރު އާ ވޭރިއަންޓްގެ ނުރައްކާ ބޮޑުކަމަށް ޑޮކްޓަރުން ދަނީ އިންޒާރު ދެމުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އެގޮތުން މިސަރަހައްދުގައި ކުޅުދުއްފުށީގެ އިތުރުން ދިއްދޫ އާއި ގޮއިދޫ، ހަނިމާދު، ކަނޑިތީމު، ފޭދޫ އިންވެސް ބަލި ޖެހިފައި ތިބި މީހުން ފެނި މޮނިޓަރިންގ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355