ދިރާގުން މި އަހަރުގެ ފިޠުރު އީދުގައި ކަސްޓަމަރުންގެ އާއިލާއާއި ރައްޓެހިންނާ ގުޅައިދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ހާއްސަ އޮފަރތަކެއް ތައާރަފުކޮށްފި އެވެ.
ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން ގްރޭޓަރ މާލެ ރީޖަންގައި އިތުރު ފިޔަވަޅުތައް އެޅުމާ ގުޅިގެން، މި އަހަރުވެސް ފިޠުރު އީދު ފާހަގަކުރަން ޖެހިފައި މި ވަނީ ގޭގައި ތިބެގެންނެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ އީދު ދުވަހު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކަކު އަނެކަކާ ގުޅުވައިދިނުމަށް ކަމަށް ދިރާގުން ބުނެ އެވެ.
އެގޮތުން، މި އަހަރު ރަމަޟާން މަހު ތައާރަފުކުރި ޑޭޓާ ބަންޑަލްތަކުގެ އެލަވަންސް ޑަބަލްކޮށް، އަގަށް އިތުރު ބަދަލެއް ނުގެނެސް ވަނީ އީދު ޑޭޓާ ބަންޑަލްތަކުގެ ނަމުގައި ތައާރަފުކޮށްފައި އެވެ. އެހެންކަމުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާއަށް ޢީދު 20ޖީބީގ އެފް.ބީ.ބީ ޑޭޓާ ބޫސްޓަރ އެކްޓިވޭޓް ކުރެއްވޭނެކަމަށް ދިރާގުން ބުނެ އެވެ.
އަދި މީގެ އިތުރުން ދިރާގު މޯބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް އީދު 7ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް އީދު 14ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެއްވޭނެ ކަމަށާއި މޮބައިލް ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެ ކަމަށެވެ. އަދި އެފް.ބީ.ބީ ޑޭޓާ ބޫސްޓަރ މޭ މަސް ނިމެންދެން ބޭނުން ކުރެއްވޭނެކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
ދިރާގުން ބުނީ ކަސްޓަމަރުން މި ބަންޑަލްތައް އެކްޓިވޭޓް ކުރެއްވުމަށް 13 މޭ 2021 އިން 15 މޭ 2021 އާ ދެމެދު ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސް.އެމް.އެސް ކުރައްވައިގެން ވާނެ ކަމަށެވެ.
މީގެ އިތުރުން، މުޖުތަމައުއަށް އެހީތެރިވުމުގެގޮތުންނާ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން، މި އަހަރުގެ ރަމަޟާން މަހުގެ އޮފަރ އެކޭ އެއްފަދައިން އީދު ޑޭޓާ ބަންޑަލްސް ބަލައިގަންނަ ކަސްޓަމަރުން ކުރާ ހަރަދުގެ %10 މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާކުރަން ނިންމާފައިވާކަން ދިރާގުން ވަނީ ހާމަކޮށްފަ އެވެ.
ކޮވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ހިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. އަދި މި ދަތި ދުވަސްތަކުން ވީހާވެސް އަވަހާ އަރައިގަނެ، ރައްކާތެރި، އުފާވެރި ދުވަސްތަކެއް ދިވެހިންނަށް މިންވަރު ކުރުމަށް ކަމަށެވެ. ދިރާގުން އެދެނީ އެންމެހާ ދިވެހިންނަށް އުފާވެރި ފިތުރު އީދު ދުވަހަކަށެވެ.