twitterviber whatsapp telegramfacebookyoutube instagram
5th October 2026

ކުޅުދުއްފުށީގައި މިއަހަރު އީދު ނަމާދުކުރުން މިސްކިތްތަކުގައި

އަބްދުލް ވާހިދު ޙަސަން
May 12, 2021

މޫސުމް ގޯސްވުމުގެ ސަބަބުން މިއަހަރު ބޮޑު ޖަމާއަތުގައި ކުޅުދުއްފުށީގައި އީދު ނަމާދުކުރުން ނޯނާނެކަމަށް ކައުންސިލުން ހާމަކޮށްފި އެވެ.

ބޮޑު ޖަމާއަތުގައި ސްޓޭޑިއަމާއި 5 މިސްކިތުގައި އީދު ނަމާދުކުރަން ޝެޑިއުލްކުރި ނަމަވެސް ފަހުން ކައުންސިލުން ބުނީ މޫސުމް ގޯސްވުމުން ސްޓޭޑިއަމްގައި އީދު ނަމާދުކުރުން ނޯނާނެ ކަމަށެވެ.

އެކަމަކު ފަސް މިސްކިތުގައި އީދު ނަމާދުކުރުން ކުރިއަށްދާނެ އެވެ. އެގޮތުން މަސްޖިދުލް ޙަޟާރާތުގައި މުހައްމަދު މުސްތަފާ އިމާމުވެ ނަމާދުކުރަން ހަމަޖެހިފައިވާއިރު މަސްޖިދުލް ހަސަނާތުގައި ނަމާދުކުރައްވާނީ ހުސެއިން އަހުމަދެވެ.

އަދި މަސްޖިދުލް ޖަމާއަތުގައި ހުސެއިން މުހައްމަދު އީދު ނަމާދުކުރަން ހަމަޖެހިފައިވާއިރު މަސްޖިދުލް ނޫރުގައި ނަމާދުކުރައްވާނީ އައްޝައިހް ރޫހުލް އަމީން އަބުދުﷲ އެވެ. މީގެ އިތުރުން މަސްޖިދުލް ފިރުދައުސްގައި ނަމާދުކުރައްވާނީ އައްޝައިހް އާދަމް މުހައްމަދެވެ.

ކުޅުދުއްފުށިން ކޮވިޑްގެ ކޭސްތަކެއް ފެންނަމުންދާތީ މިސްކިތްތަށާއި ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293