twitterviber whatsapp telegramfacebookyoutube instagram
16th July 2025

ޕޮޒިޓިވްވާ މީހުން އިތުރުވެ މާލޭގެ ހޮސްޕިޓަލްތައް ފުރެނީ

ޢަލީ ރަމީޒް
May 15, 2021

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކުން ދަނީ އިތުރުވަމުންނެވެ. ހޮސްޕިޓަލްތަކުގައި މީހުން އެޑްމިޓް ކުރުމަށް ޖާގައިގެ ދަތިކަން މިދަނީ ކުރިމަތިވަމުންނެވެ.

މި މަސް ފެށުނުއިރު މާލޭގެ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދިޔައީ 161 މީހުންނަށެވެ. މިހާރު އަދަދުތައް އިތުރުވަމުންދާ ނިސްބަތައް ބަލާއިރު މިމަސް ނިމޭއިރު 400 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުން ވަރަށް ގާތެވެ.

މިހާރު މުޅި ރާއްޖޭގައި 15003 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. މާލޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ މިމަސް ނިމޭއިރު ހޮސްޕިޓަލްތަކުގެ ޖާގަތައް ފުރި، ޑޮކްޓަރުންނާއި ނަރުހުންނަށް ނުކަތާވަރުގެ އަދަދަކަށް މީހުން އެޑްމިޓް ކުރަން ޖެހޭނެ ކަމައް ބެލެވެއެވެ.

1467 މީހަކު ކޮވިޑަށް ފައްސިވިކަން ރޭ ވަނީ އިއުލާންކޮށްފައެވެ. ކޮވިޑަށް ފައްސިވި 1467 މީހުންގެ 1267 މީހުންނަކީ މާލެ އިން ފައްސިވި މީހުންނެވެ. 182 މީހުންނަކީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި މީހުންނެވެ. ބާކީ ތިބި 18 މީހުން ފައްސިވީ ރިސޯޓްތަކުންނެވެ

އިއްޔެ އިއުލާންކޮށްފައި ވަނީ ކޮވިޑަށް ޓެސްޓްކުރި 5037 މީހުންގެ ނަތީޖާއެވެ. ޓެސްޓްތަކުގެ އަދަދާއި ފައްސިވި އަދަދަށް ބަލާއިރު ކޮށްފައިވާ ޓެސްޓްގެ %29.12 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން އިއްޔެއަކީ މިހާތަނަށް ކުރި ޓެސްޓްތަކަށް ބަލާއިރު ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355