twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ފަހުން ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅުން ހުރި އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
May 15, 2021
3

ކުޅުދުއްފުށިން ފަހުން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން، އިތުރު ދެ މީހަކު ޕޮޒިޓިވްވެ އަދަދު އަދަދު 8 އަކަށް އަރައިފި އެވެ. މިއަދު ޕޮޒިޓިވްވި ދެ މީހުންނަކީވެސް ފަހުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްވެ ކަރަންޓީނުގައި ތިބި ދެ މީހުންނެވެ.

މިދެ މީހުންނަކީވެސް އަންގާރަ ދުވަހު ޕޮޒިޓިވް 34 އަހަރު މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވި ކަރަންޓީނު ފުރިހަމަކުރަމުންދާ މީހުންނެވެ. ފުރަތަމަ ފަހަރު ޓެސްޓް ކުރުމުން ދެ މީހުންވެސް ނެގެޓިވްވިކަމަށް ދެއްކި އެވެ. ފަހުން ރޯގާގެ އަލާމާތް ހުރެގެން ޓެސްޓްކުރުމުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މި ކްލަސްޓާގައި ޕޮޒިޓިވްވި މީހުންގެ އަދަދު 8 އަކަށް އަރާފައިވާ މިވަގުތު ޖުމްލަ އެކްޓިވް ކޭސްގެ ގޮތުގައި ކުޅުދުއްފުށީގައި 12 މީހުން އެބަތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293