twitterviber whatsapp telegramfacebookyoutube instagram
12th August 2026

ފިއްލަދޫ ކައުންސިލްގެ ރައީސް ހުވައި ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި

އަބްދުލް ވާހިދު ޙަސަން
May 16, 2021

ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ހުވައި ކުރުން ފަސްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފި އެވެ. ފިއްލައިދޫ ކައުންސިލްގެ ރައީސް ހުވާކުރުން ފަސްކުރުމަށް އަމުރު ނެރެފައިވާއިރު މާދަމާ ކައުންސިލަރުން ހުވާކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ފިއްލަދޫ ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ހުވާކުރުމުގެ ދަރުބާރު މާދަމާގެ 14:00 ގައި އެރަށު އިޖުތިމާއީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖައްސައި، ކައުންސިލުން އާންމުވެސް ކޮށްފައިވަކޮށެވެ.

އެރަށު ފިނިވާގެ މުހައްމަދު އިރުޝާދު ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލައާ ގުޅިގެން އެ ކޯޓުން ތިން ފަނޑިޔާރުންގެ ބެންޗަކުން ނެރުނު އަމުރުގައި ބުނެފައިވަނީ ފިއްލަދޫ ކައުންސިލްގެ ރައީސްގެ ގާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތްާއި އިންތިހާބުގައި ވާދަކުރި ފަރާތްތަކުގެ ހައްގަކަށް އުނިކަން އަތުވެދާނެކަމެއް ކަމަށް ބެލެވޭތީ ފަސްކުރުމަށް އަމުރުކުރީ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355