ކުޅުދުއްފުށިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިތިވް ވެއްޖެއެވެ. އެގޮތުން އިއްޔެ ޕޮޒިޓިވްވި ވެފައިވަނީ އުމުރުން ދުވަސްވީ މީހަކާއި ކުޑަ ކުއްޖެއެވެ.
ފަހުން މި ފެނުނު ދެ ކޭސްއަކީ މިމަހު 11 ވަނަ ދުވަހު ކުޅުދުއްފުށިން ޕޮޒިޓިވްވި މީހާއާ ގުޅުން ހުރި ދެމީހުންނެވެ. މި ދެ ކޭސްއާއި އެކު އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8 އަށް އަރާފަ އެވެ. އަދި ކުޅުދުއްފުށިން ޖުމްލަ ޕޮޒިޓިވްވި އަދަދު މިވަނީ 11 އަށް އަރާފަ އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ އިއްޔެ ޕޮޒިޓިވްވެފައިވަނީ 77 އަހަރުގެ މީހަކާއި 4 އަހަރުގެ ކުޑަކުއްޖެކެވެ. އެގޮތުން 77 އަހަރުގެ މީހާއަކީ ހައި ރިސްކު މީހެއްކަމުން އެމީހާ ށ.ފުނަދޫ ފެސިލިޓީއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
2 more +ve cases have been recorded related to the 11th May cluster. Similar to the latest 2 +ve cases, initial samples were negative. As of 6pm today, active +ve cases are 11. As the situation is still not contained, please take preventive measures, most importantly wearing mask pic.twitter.com/59Mt7kWojg
— Kulhudhuffushi Regional Hospital (@KRHmv) May 17, 2021
އެ ދެމީހުންނަކީ ކުރިން ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ކަރަންޓީންގައި ތިބި ބަޔަަކަށް ވަތީ އިތުރަށް ކޮންޓްރެކްޓް ޓްރޭސިން ހަދަން ނުޖެހޭނެކަން އޮފިޝަލް ފާހަގަ ކުރެއްވި އެވެ. އެމީހުން ޕޮޒިޓިވްވިކަން އެގުނީ ދެވަނަ ސާމްޕަލް ނެގުމުން ކަމަށާއި ފުރަތަމަ ނެގުނު ސާމްޕަލް ނެގެޓިވްކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މި ކްލަސްޓާއާއ ގުޅިގެން މިހާތަނަށް 27 މީހަކު ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ފާހަގަ ކުރެވިފައިވާއިރު 11 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ކުޅުދުއްފުށީގައި މިވަގުތު ދެ ކްލަސްޓާއެއް އުޅޭއިރު ފުރަތަމަ ފެނުނު ކްލަސްޓާއިން ޕޮޒިޓިވްވި 4 މީހުންގެ ތެރެއިން 3 މީހުން މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ. އެއީ ފަޅު ބޯޓާއި ގުޅުން ހުރި ކްލަސްޓާއެވެ. ނަމަވެސް އެ ކްލަސްޓާއިން ފަހުން އެއްވެސް ފަރާތެއް ޕޮޒިޓިވް ވެފައިނުވާކަން ފާހަގަ ކޮށްލެެއެވެ.