twitterviber whatsapp telegramfacebookyoutube instagram
19th August 2026

ދިވެހިންގެ އެއްބައިވަންތަކަން ދައްކާލާ އީޑިތް ވެންޓިލޭޓަރަށް

ހާޝިމް އަބޫބަކުރު
May 19, 2021

ޓުވިޓާގައި ”ދިމް“ ނަމަކަށް ކިޔާ މީހަކު ރާއްޖެ އޮތީ ފަލަސްތީނާއެކުގައި ކަމަށާއި ރާއްޖެ ކިތަންމެ ކުޑަވިއަސް، އިސްރާއީލު ދެކެ ބިރެއް ނުގަންނާނެ ކަމަށް ބުނެ ކުރި ޓްވީޓް އަކަށް ކޮމެންޓް ކުރީ އީޑިތް ނަމަކަށް ޔޫކޭ އަންހެނެކެވެ.

”ރާއްޖެ އަށް ކުރެވޭނީ ކީއް؟ ވެއްޔާއި، އައިސް ކުރީމް ފޮނުވާނީތަ؟“ އީޑިތްގެ ކޮމެންޓް ގައި ބުނެފައިވެއެވެ. ލަހެއް ފަހެއް ނުވެ އީޑިތް މަޝްހޫރު ވެއްޖެއެވެ. ޓްވިޓާ ބޭނުންކުރާ ދިވެހިން ކުރު ދޮށިން ދީފިއެވެ.

ރާއްޖެ ކިތަންމެ ކުޑަ ކަމުގައި ވީނަމަވެސް ރާއްޖެ އޮންނާނީ ފަލަސްތީނާއި އެއްކޮށްކަމަށް ބުނެ ގިނަބައެއްގެ ޓްވީޓްތައް އީޑިތް އާއި ދެކޮޅަށް އެ ފުލުފުލުގައި ޖަހާލިތަން ފެންނަންފެށިއެވެ. އެއްބަޔަކު ރިހާކުރާއި ބަތް ދޭން ވެސް ބުނަނީއެވެ. ދިވެހިން ވެގެން ދިވެހިންނަށް ކުރެވޭނެ ކަންތައްތައް ރަނގަޅަށް ކިޔާލަދީފިއެވެ.

ބައެއް ދިވެހިން އީޑިތްއަށް ދީފައިވާ ޖަވާބުތަކުގައި ވެލި ފޮނުވިޔަސް އެއީ އަހަރެމެންގެ އަމިއްލަ އެއްޗެހި ކަމަށް ބުނެފައެވެ. އަދި އަނެއް ބަޔަކު މިފަހަރު ރަނގަޅަށް ވެލި ކާންދޭނެ ކަމަށް ބުނަމުން ދިޔަ އިރު އަނެއް ބަޔަކު ވަނީ މުޅި ދިވެހިރާއްޖެ އަނެއްކާވެސް އެއްބައިވަންތަ ކުރުވީތީ އީޑިތްއަށް ޝުކުރު އަދާކޮށްފައެވެ.

ރައްޔިތުން ވެގެން އީޑިތް ވެންޓިލޭޓަރަށް މިވަނީ ލައިފައެވެ. ދިވެހިންގެ އެއްބައިވަންތަކަން ފެނި އީޑިތްގެ ޓްވިޓާ އެކައުންޓް މިހާރު ވަނީ ދިވެހިންނަށް އެކްސެސް ނުވެވޭ ގޮތައް ލޮކް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355