twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގުގެ ހިދުމަތްތައް ޑިޖިޓަލްކޮށް ހޯދުމަށް އެދެފި

ޚަދީޖާ އާދަމް
May 19, 2021

ކޮވިޑް-19 އާއި ގުޅިގެން ދިރާގުގެ ހިދުމަތްތައް ޑިޖިޓަލްކޮށް ހޯދުމަށް އެދެފިއެވެ. ދިރާގުން ބުނީ މިގޮތަށް ނިންމީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އެގޮތުން ދިރާގުގެ ހިދުމަތްތައް ހޯދުމަށާއި ބިލްތަކަށް ފައިސާ ދެއްކުމަށް ދިރާގު “މައިއެކައުންޓް” އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމަށްވަނީ އިލްތިމާސްކޮށްފައެވެ.

ދިރާގުން ބުނީ "މައިއެކައުންޓް" މެދުވެރިކޮށް އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ހިދުމަތައް އެޕްލައިކޮށް، ފިކްސްޑް ބްރޯޑްބޭންޑް އާއި މޮބައިލް ޕެކޭޖްތަކުގެ ޔޫސޭޖް ތަފުސީލު ބަލާލައި، ބިލްތައް ފަސޭހަކަމާއެކު ދައްކާލެވޭނެ ކަމަށެވެ.

މީގެ އިތުރުން ދިރާގު މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެންވެސް ބިލް ދައްކާލާ، އެޑް-އޮންސް އަދި ބޫސްޓަރސް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެކަމަށާއި ޕްރީޕެއިޑް ނަންބަރުތައް ޓޮޕް-އަޕް ކުރުން ފަދަ ގިނަ ކަންތައްތައްވެސް މޮބައިލް އެޕުން ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

“މައިއެކައުންޓް” ހިދުމަތައް މިހާތަނަށް ރެޖިސްޓަރ ކޮށްފައިނުވާ ކަސްޓަމަރުން www.dhiraagu.com.mv/ocs މި ލިންކް މެދުވެރިކޮށް ރެޖިސްޓަރަ ކުރެވޭނެއެވެ. އަދި އެހެނިހެން ކަސްޓަމަރ ކެއަރގެ ބޭނުންތަކަށް ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖާ ވައިބަރ ނުވަރަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން އިލްތިމާސްކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355