twitterviber whatsapp telegramfacebookyoutube instagram
19th May 2024

ފަތުރުވެރިކަމަށް ހުޅުވާލި 16 ރަށެއްގެ އަގު ކުޑަކޮށްފި

May 22, 2021

ފަތުރުވެރިކަން ތަރައްގީކުރުމަށް އެންމެ ފަހުން ބީލަމަށް ހުޅުވާލި 16 ރަށެއްގެ އަގު ކުޑަކޮށްފި އެވެ.

ޓޫރިޒަމް އިން ވަނީ ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭހެން 16 ރަށެއް، ރަށްތަކުގެ ކްލަސްޓާ ވެސް ހިމެނޭހެން ފަތުުރުވެރިކަމަށް ހުޅުވާލައިފަ އެވެ. އެމިނިސްޓްރީން ބުނީ ރަށްތަކުގެ އަގު ކުޑަކޮށްފައި ވަނީ މިވަގުތު ދުނިޔޭގެ އިންވެސްޓުކުުރުމުގެ މާހައުލަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

މި ރަށްތަކަށް ބީލަން ހުށަހަޅަން ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް ވަނީ ހުޅުވާލައިފަ އެވެ.

އަގަށް އައި ބަދަލާއެކު 16 ރަށުގެ އިކުއިޒިޝަން ކޮސްޓަށް އައިސްފައިވާ ބަދަލު:

  • ހއ. ވެލިފިނޮޅު – 420،000 ޑޮލަރު
  • ހއ. އަލިދުއްފަރު ފިނޮޅު - 350،000 ޑޮލަރު
  • ހދ. ކުޑަފަރު ފަސްގަނޑު – 210،000 ޑޮލަރު
  • މ. ސީދީ ހުރާ / މ. ސީދީ ހުރާ ވެލިގަނޑު، ސީދީހުރާ އާއެކު – 875،000 ޑޮލަރު
  • މ. މާއުސްފުށި – 1،575،000 ޑޮލަރު
  • ތ. ކާއްޑޫ – 70،000 ޑޮލަރު
  • ތ. ކަނިމީދޫ (އުތުރުން 10 ހެކްޓަރު) 1،050،000 ޑޮލަރު
  • ތ. އޮޅުފުށި / އޮޅުފުށި ފިނޮޅު (އޮޅުފުއްޓާއެކު) – 700،000 ޑޮލަރު
  • ލ. ކަށިދޫ – 700،000 ޑޮލަރު
  • ލ. ބޮޑުމުންޏަފުށި – 700،000 ޑޮލަރު
  • ލ. ދޮންބެރެހާ / ހޮޅުރަހާ (ދޮންބެރެހާ އާއެކު) – 525،000 ޑޮލަރު
  • ގއ. މާރެހާ – 1،400،000 ޑޮލަރު
  • ގއ. ފުނަދޫވިލިގިއްލާ – 700،000 ޑޮލަރު
  • ގދ.ކަނޑަހަލަގަލާ – 875،000 ޑޮލަރު
  • ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) / ދިގުރެހާ – 700،000 ޑޮލަރު
  • ގދ. ފެރޭތަވިލިގެއްލާ (ގިނަ ރަށްތަކެއް ހިމެނޭހެން) / ދެކާންބާ (ފެރޭތަވިލިގެއްލާ އާއެކު) / ކޮޑެރެޓާ (ފެރޭތަވިލިގެއްލާ އާއެކު) / ފެރޭތަ ވިލިގެއްލާ ކައިރީ އޮންނަ 2.9 ހެކްޓަރުގެ ކުޑަ ރަށެއް ފެރޭތަ ވިލިގެެއްލާއާއި އެކު 700،000 ޑޮލަރު

މި އަހަރުގެ ބަޖެޓުގައި ރިސޯޓު ހަދަންް ރަށްތައް ހުޅުވާލައިގެން ދައުލަތަށް އާމްދަނީގެ ގޮތުގައި 608.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރިނަމަވެސް އަގަށް ގެނައި ބަދަލާއެކު އާމްދާނީއަށް އޭގެ އަސަރު ކުރާނެއެވެ.

ޓޫރިޒަމް މިނިސްޓްރީ އިންް ބުނެފައި ވަނީ މި އަހަރު ވެގެންދާނީ ފަތުރުވެރިކަމުގައި އިންވެސްޓްމެންޓުގެ އަހަރަކަށް ކަމަށެވެ. މި ރަށްތަކަށް ބީލަން ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355