twitterviber whatsapp telegramfacebookyoutube instagram
8th June 2026

ޓުއި އިން ޔޫކޭއިން ރާއްޖެއަށް ހުރި ބުކިންތައް ކެންސަލް ކޮށްފި

ޚަދީޖާ އާދަމް
May 23, 2021

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ޓުއި އިން އިނގިރޭސިވިލާތުން ރާއްޖެއަށް ހުރި ބުކިންތައް ކެންސަލް ކޮށްފި އެވެ. ބުކިންތައް ކެންސަލްކޮށްފައިވަނީ ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމަނާފައި ވަނިކޮށެވެ.

ރާއްޖޭގެ އިތުރުން ތުރުކީ އާއި ދުބާއީ އަށް ހުރި ދަތުރުތައްވެސް ޓުއިން ވަނީ ކެންސަލް ކޮށްފަ އެވެ. ޓުއި އިން ބުނީ އިނގިރޭސި ރެޑް ލިސްޓުގައި އޮތް ގައުމުތަކަށް ހުރި ދަތުރުތައް އަންނަ ޖޫން މަހުގެ 27 އާއި ހަމައަށް ކެންސަލް ކުރަން ނިންމާފައިވާ ކަމަށެވެ.

ޓުއި އިން ބުނީ ޗުއްޓީ ދަތުރު ކެންސަލް ކުރާ ކަސްޓަމަރުންނަށް ފުލް ރިފަންޑު ނޫނީ އެ ދަތުރު ރީ ޝެޑިއުލް ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. ޓުއި އިންގެ ބުކިންތައް ކެންސަލް ކުރުމަކީ ރާއްޖޭގެ ޓޫރިސްޓް އެރައިވަލް އަށް އޭގެ އަސަރު ކުރާނެ ކަމެކެވެ.

ޔޫކޭގެ ރެޑްލިސްޓުގައި ރާއްޖޭގެ ނަން ހިމެނުނީ ކޮވިޑްގެ ހަތަރުވަނަ ރާާޅާއެކު ކޮވިޑް ކޭސްތައް އިންތިހާއަށް މައްޗަށް ގޮސްފައިވަނިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355