twitterviber whatsapp telegramfacebookyoutube instagram
17th June 2026

ކޮވިޑްގައި ނައިފަރުގެ ހާލަތު ވަރަށް ގޯސް

ހާޝިމް އަބޫބަކުރު
May 23, 2021

މާލެ ފިޔަވައި ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ރަށަކީ ނައިފަރެވެ. އަދި މާލެ ފިޔަވައި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް އެ ރަށުންނެވެ. މިހާތަނަށް އެ ރަށުން ހަތަރު މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

ކޮންމެ ދުވަހަކުހެން އެ ރަށުން މީހުން ޕޮޒިޓިވްވެ އެވެ. އިއްޔެ ވެސް 13 މީހަކަށް ބަލި ޖެހުނެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 138 މީހުންނެވެ. މިއީ މި ރަށުގެ އާބާދިއާ ބަލާފައި ވަރަށް ބޮޑު އަދަދެކެވެ.

5،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އެ ރަށުން މިހާތަނަށް ވަނީ 4،185 ސާމްޕަލް ނަގައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން ނެގެޓިވް އެވެ. އެކަމަކު ބަލިވާ މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު، ކޮންމެ ދުވަހަކު ކަހަލައިން ގިނަ ބަޔަކު ނައިފަރުން ޕޮޒިޓިވް ވެއެވެ.

ބަލި ކޮންޓްރޯލުކުރުމަށް ނައިފަރުގައި މިހާރު ދަނީ 12 ގަޑިއިރުގެ ކާފިއު ހިންގަމުންނެވެ. އެގޮތުން ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފަ އެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުމާއި ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް ވެސް ވަނީ އަންގައިފަ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު 70 ރަށެއް މިހާރު އޮތީ އަރާ ފޭބުން މަނާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355