twitterviber whatsapp telegramfacebookyoutube instagram
14th April 2026

ކުޅުދުއްފުށީގައި މާސްކް ނާޅައި އުޅުނު އިތުރު 84 މީހަކު ޖޫރިމަނާކޮށްފި

އަބްދުލް ވާހިދު ޙަސަން
May 23, 2021
1

ކުޅުދުއްފުށި ސިޓީގައި މާސްކް ނާޅައި ނުކުމެގެން އުޅުނު 84 މީހަކު ޖޫރިމަނާކޮށްފި އެވެ.

މުޅި ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ އެޗްޕީއޭއިން މުޅި ރާއްޖޭގައި މާސްކް އަޅަން ނިންމި ނަމަވެސް މި މެއިމަހުގެ 11 ވަނަ ދުވަހާ ހަމައަށް މި ސިޓީގެ ގިނަ ބަޔަކު އެ އެންގުމަށް އަމަލުކުރަމުންގޮސްފައެއް ނުވެ އެވެ.

ކުޅުދުއްފުށީގައި ބަލީގެ ނުރައްކާ ބޮޑުވުމުން އެޗްޕީއޭގެ ގައިޑްލައިން ތަންފީޒުކުރަން ފުލުހުން ފެށީ މިމަހު 12 ވަނަ ދުވަހު އެވެ.

އެ ދުވަހުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް މާސްކް ނާޅައި ބޭރުގައި އުޅިގެން ޖޫރިމަނާކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 107 އަރާފަ އެވެ.

ގިނަ ފަހަރު މީހުން ޖޫރިމަނާކޮށްފައިވަނީ ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު އެކަމަށް އަމަލުނުކުރުމުންކަންވެސް ފާހަގަކުރެވެ އެވެ.

ކުޅުދުއްފުށީގައި މިވަގުތު ކޮވިޑްގެ އެކްޓިވް 13 ކޭސް ފެނިފައިވާއިރު ބަލި ފެތުރިފައި އޮވެދާނެކަމަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރީޖަނަލް ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.

ހަލުވިކަމާއެކު ކޮވިޑް-19 މުޅި ރާއްޖެއަށް ފެތުރިފައިވާއިރު 70 ރަށް އޮތީ މޮނިޓަރިންގ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355