twitterviber whatsapp telegramfacebookyoutube instagram
10th August 2026

ހއ އަތޮޅުން ފެށިގެން މ އަތޮޅަށް ހުދު ސަމާލު ނެރެފި

ހާޝިމް އަބޫބަކުރު
May 24, 2021

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން ބަނގްލަދޭޝްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ސަމާލުވާން ރާއްޖޭގެ މެޓް އޮފީހުން އިލްތިމާސް ކޮށްފައި ވަނިކޮށް މީގެ ކުޑަ އިރުކޮޅެއް ކުރިން މެޓް އޮފީހުން ކުރި ޓްވީޓެއްގައި ހއ.އަތޮޅުން ފެށިގެން މ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރުވޭކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ހ.އ އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފައި މިވަނީ 14:30- 19:30 އަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ހާއްސަކޮށް ކަނޑު ދަތުރު ފަތުރު ކުރާ ފަރާތްތަކުން ސަމާލުވާން ވަނީ އިލްތިމާސް ކޮށްފައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355