twitterviber whatsapp telegramfacebookyoutube instagram
16th June 2026

މަމެން ޑޭޓާ-އެޑްއޮންސް އިން %50 ޑިސްކައުންޓް

May 25, 2021

ދިރާގުން މަމެން ޑޭޓާ އެޑް-އޯންސްތަކުން އަނެއްކާވެސް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް ޖޫންމަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ.

ޑޭޓާ އެޑް-އޯންސް ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން މޮބައިލްއެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޯންސްތައް ބަލާލެވެން ހުންނާނެކަމަށް ދިރާގުން ބުނެ އެވެ.

އެގޮތުން މަމެން 2ޖީބީ، 3ޖީބީ، 6ޖީބީ އަދި 12ޖީބީގެ އެޑް-އޯންސްތަކުން ޑިސްކައުންޓް ލިބޭނެ އެވެ. އަދި ޕެކޭޖްތަކުގެ އަދަދު ދައްކާފައިހުންނާނީ "އާރބީ" އިންކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

ޕެކޭޖް ގަތުމާއެކު "އާރބީ"ގެ ބެލެންސުން ކެނޑިގެންދާނެކަމަށާއި ހުރިހާ ކަސްޓަމަރުންވެސް އެޑްއޯންސް ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފައިވެއެވެ.

އެގޮތުން ދިރާގުން ބުނީ އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސް. އެމް. އެސް ކޮށްގެން ނުވަރަ *142# އަށް ގުޅާލައިގެން ބަލާލެވޭނެ އެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ ޒުވާނުންގެ ޑިޖިޓަލް ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްކަމަށް އެފަރާތުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355