twitterviber whatsapp telegramfacebookyoutube instagram
13th April 2026

ފެނަކައިން މެއިމަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދެނީ

ޚަދީޖާ އާދަމް
May 26, 2021

ޔޫޓިލިޓީ ބިލުތަކުން ޑިސްކައުންޓް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން މި މަހުގެ ކަރަންޓު ބިލް އަދި ފެން ބިލުން ޓިސްކައުންޓް ދޭން ނިންމާފައިވާކަމަށް ފެނަކައިން ބުނެފި އެވެ.

އެގޮތުން ކަރަންޓު ބިލުތަކުން 40 ޕަސެންޓް އަދި ފެން ބިލުތަކުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ފެނަކައިގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ. މީގެ އިތުރުން ވިޔަފާރިތަކުގެ ކަރަންޓާއި ފެން ބިލުތަކުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.

މިދިޔަ އަހަރުވެސް ސަރުކާރުންވަނީ ކޮވިޑާއި ގުޅިގެން ފެނާއި ކަރަންޓް ބިލުން ޑިސްކައުންޓް ދީފައެވެ.

މީގެ އިތުރުން ވެސް ކޮވިޑްގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކޮވިޑްގެ ރިލީފް ލޯނުގެ ދޫކުރަން ނިންމާފައިވާއިރު

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދެމުން އައި އިކޮނޮމިކް ރިކަވަރީ ލޯނުތައް ވެސް ކުރިއަށްގެންދިޔުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355