ތްރޮޓްލް ސްޕީޑު އިތުރުކޮށް އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު އާންމު ކޮށްފި އެވެ. އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން ނިންމާފައި ވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.
އެގޮތުން ރެޒިޑެންޝަން އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ބަދަލު ގެންނަން ނިންމާފައިވާ ގޮތަކީ:
- ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، ތްރޮޓްލް ސްޕޯޑު ދެ އެމްބީޕީއެސް
- 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާ އަށް، ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް
- 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ޓްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް
#NetuHeyo ސިޔާސަތުގެ ދަށުން އިންޓަރނެޓް ޚިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ގޮތް pic.twitter.com/HzDBpsXNqI
— Government of Maldives (@governmentmv) May 27, 2021
މި ބަދަލާއެކު ރެޒިޑެންޝަލް އިންޓަނެޓު ހިދުމަތުގެ އަގުން 60 ޕަސެންޓާއި 75 ޕަސެންޓާ ދެމެދަށް އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ބުންޏެވެ.
އަދި މިއާ އެކު ތްރޮޑްލް ސްޕީޑު ދެ ގުނަ މަތިވާނެ ކަމަށާއި ތްރޮޓްލް ސްޕީޑަށް ގެނައި ބަދަލާއެކު ޕެކޭޖު ހުސްވެ، ތްރޮޓްލް ވުމުންވެސް އާންމު ބޭނުންތަކަށް އެކަށޭނަ ވަރަކަށް ސްޕީޑު އަވަސްވާނެ ކަމަށް ސަރުކާރުން ބުންޏެވެ.
އިންޓަރނެޓްގެ އަގުތަކަށް/ ސްޕީޑަށް ސަރުކާރުން ކަނޑައެޅި ބަދަލުތައް. #NetuHeyo pic.twitter.com/EQPnkCT5iB
— Min. of Environment, Climate Change and Technology (@MoEnvmv) May 27, 2021
މިހާރު އެވްރެޖުކޮށް ތްރޮޓްލް ސްޕީޑު ހުންނަނީ އެއް އެމްބީޕީއެސް އާއި ދެ އެމްބީޕީއެސް އާ ދެމެދުގައި ކަމަށްވިއަސް ސަރުކާރުން ކަނޑައަޅާފައިވަނީ 300 ރުފިޔާ އިން މަތީގެ ޕެކޭޖުތަކުގެ ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރުމަށެވެ.
ފުރަތަމަ ފޭސްގައި ދިރާގާއި އުރީދޫގެ ރެޒިޑެންޝަން އިންޓަނެޓު ހިދުމަތުގެ އަގު ޖުލައި މަސް ތެރޭ 28 ޕަސެންޓާއި 30 ޕަސެންޓާ ދެމެދަށް ދަށްކޮށް ތްރޮޓްލް ސްޕީޑަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. އަދި ދެވަނަ ފޭސްގައި، އޮކްޓޫބަރު 2021 އިން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ.