twitterviber whatsapp telegramfacebookyoutube instagram
4th July 2025
ADVERTISEMENT
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދު-- ފޮޓޯ: ކޭއޯ

ބަލި ފެތުރި ނުރައްކާވެއްޖެ ހާލަތެއްގައި ފަރުވާދެވޭނެ ފެސިލިޓީއެއް ނެތް: ކޭއާރުއެޗް މެނޭޖަރ

ޚަދީޖާ އާދަމް
May 31, 2021
6

ކޮވިޑް ފެތުރި ނުރައްކާތެރިކަން ބޮޑުވެގެން ހިނގައްޖެ ހާލަތެއްގައި ކުޅުދުއްފުށީގައި އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ ވަކި ފެސިލިޓީއެއް ނެތްއިރު ބަލި ފެތުރިގެން ހިނގައިދާނެ ހުރިހާ ކަމަކުން ރައްކާތެރިވެ ތިބުމަކީ މުހިއްމުކަމެއް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އަހުމަދު ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ހިފެހެއްުޓުމެއްނެތް ބާރުމިނެއްގައި ފެތުރެމުންދާއިރު، އަދި ހާއްސަކޮށް އަވަށްޓެރި ގިނަ ރަށްތަކެއްގައި ހަލުވި ކަމާއެކު ބަލި ފެތުރެމުންދާއިރު އެންމެން ގުޅިގެން މިކަމަށް ދޭން ޖެހޭ ސަމާލުކަން ކުޑަވިޔަ ނުދީ މަސައްކަތް ކުރުން މުހިއްމުކަމަށެވެ. މީގެ އިތުރުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާސްކު އެޅުމާއި ސާފުތާހިރުވެ އުޅުމަށް އަދި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކުރައްވާ ޓެސްޓް ކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.

"މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން ކޮވިޑްގެ ބަލިމަޑުކަމުން ކުޅުދުއްފުށި މިހާތަނަށް ވެސް ސަލާމަތްވެފައި އޮތީތީ ޝުކުރުވެރިވަން. އަދި މިކަމުގައި ކުޅުދުއްފުށި ރައްޔިތުން ދެއްކެވި އެއްބާރުލުމަކީ ލާމަސީލު، ރިވެތި ނަމޫނާއެއް. އަދި ސިއްހީ ހިދުމަތްތެރީންނާއި، ގުޅުންހުރި މުއައްސަސާތަކާއި، ވޮލަންޓިއަރުންނާއި، ދަރުމަވެރީން ކުރެއްވި މަސައްކަތް، އަދި ކުރަމުންދާ މަސައްކަތަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއް" ފޯސްޓުގައި ލިޔެފައި ވެއެވެ.

ގިނަ ރަށްރަށުގައި ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވަތީ ބަލި ފެތުރޭކަން ފާހަގަވެފައިވާކަމަށާއި މާލެއިން ދަތުރުކޮށްފައި އަންނަ ގިނަބަޔަކު ޕޮޒިޓިވްވަމުން ދާއިރު ކަރަންޓީނުގައި ތިބޭފަރާތްތަކުން އުސޫލުތަކަށް ތަބާވެ، ކަރަންޓީނުގައި ތިބޭ ފަރާތްތަކާއި ކޮންޓެކްޓް ނުވުމަކީ މުހިއްމު ކަމެއްކަމަށް އަހުމަދު ވިދާޅުވި އެވެ.

ހޮސްޕިޓަލުގެ ޕީސީއާރު ލެބަށް ބާރު ބޮޑުކަން ފާހަގަކޮށް އަހުމަދު ވިދާޅުވީ ބައެއް ދުވަސް ދުވަހު 600 އަށް ވުރެ ގިނަ ސާމްޕަލް އަންނަކަމަށާއި އެހެންކަމުން ނަތީޖާ ލިބުމުގައި ލަސްވެގެން ހިނގައިދާނެކަމަށެވެ.

ފޯސްޓުގައި ތަކުރާރުކޮށް ބަލި ފެތުރިގެން ހިނގައިދާނެ ހުރިހާ ކަމަކުން ރައްކާތެރިވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ނަން
ކޮމެންޓް
އަހަން
2 އަހަރު ވާންކައިރިވީ ތިކިޔާ ކޮވިޑެކޭ ކިޔާތާ. ފެސިލިޓީ އަޅަން ނުކުންނަންވީ މިޤައުމުގަ މަތިމައްޗަށް ޖިޒީ ދައްކައިގެން އުޅޭ އާންމު ރައްޔިތުންތަ؟ ފެއިލްވީމަ ގިނަވާހަކަ ނުދައްކަ އިސްތިއުފާ ދީ.
ކކކ
މާސާﷲ ޑޭވިޑް
އައްބެ
ކޮބާތޯ ހަސްފަތާލުގައިހުރި ދިވެހި ރޭޑިޔޮލޮޖިސްޓް. އެބޭފުޅާގެ ހާލު މިނޫހުން ދާއޫދުގެ ދަރި އަޙުމަދުގެ އަރިހުން ސާފުކޮށްދީބަލަ. 100 ރުފިޔާގެ މައްސަލަ ގޮސްފައިއޮތް ހިސާބަކާއި ސަސްޕެންޝަންގެ ކަންތައް ހުރިނެތްގޮތް ސާފުކޮށްދެއްވާ.
ތަރައްޤީ
ތަރައްޤީ ޚިޔާލު ހުންނަ މެނޭޖަރުން ތަރައްޤީއާމެދު ޚިޔާލާއި ފިކުރު ހިންގާނެއެވެ. އެބައިމީހުން އަބަދުވެސް ވިސްނާނީ އެމީހުން ނިސްބަތްވާ ޕާޓީ ފިކުރަށްވުރެ ރައްޔިތުންގެ ތަރައްޤީ އާއި ތަހުޛީބަށެވެ. ހޮސްޕިޓަލްގެ މެނޭޖަރ މިހާރު ތިގެންގުޅުއްވަނީ ރައްޔިތުން ބަލައިގަންނަ މެނޭޖަރެއްގެ ސިފަކަން ހާމަ ކުރަމެވެ.
ރައްޔިތުންގެ ދިފާއު
ޥަރުގަދަޔަށް ރަށައް އެތެރެވާމީހުން ބެލޭނެ މެކޭނުސަނެއް ގާއިމް ކުރޭ. ޕޮޒިޓިވް ވަ މީހުން ބަނދަރު ނޫގެޔަށް ގެންދޭ. މާލެ ދަތުރުކުރާ އޮޑިފަހަރުގެ މީހުން ކޮންމެ ދަތުރަކު ޓެސްޓުކުރުވާ. ހޮސްޕިޓަލަށް އަރާމީހުން ރަށުތެރެޔަށް ދިޔުން މަނާކުރޭ. މިސްކިތައްދާމީހުންވެސް މާސްކު ނާޅަނަމަ ޖޫރިމަނާކުރޭ
ޙަބީބު.
މާތް ﷲ ކުޅުދުއްފުށި ރައްޔިތުން މިނުބައި ނުލަފާ ބަލިން ސަލާމަތްކޮތް ރައްކާތެރި ކުރައްވާށި
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com