twitterviber whatsapp telegramfacebookyoutube instagram
19th May 2024

ފަލަސްތީނަށް އެހީވުމަށް ކުޅުދުއްފުށީގައި ހެދިކާ ހަވީރެއް

Jun 3, 2021

ފަލަސްތީނާއެކު ކުޅުދުއްފުށި ރައްޔިތުންގެ ނަމުގައި ކުރިއަށްގެންދާ ފަންޑުރައިޒިންގ ހަރަކާތުގެ ތެރެއިން މާދަމާ ހެދިކާ ވިއްކާ އިވެންޓެއް ބާއްވަން ހަމަޖެހިއްޖެ އެވެ. މިހަރަކާތް ކުރިއަށްދާނީ މާދަމާ ހަވީރު 4 ފެށިގެން ބަންޑާރަމައިދާނުގައި އެވެ.

މިކަމުގައި އިސްކޮށް އުޅުއްވާ ފަރާތެއް ކޭއޯއަށް ބުނީ މި ހަރަކާތުގައި ހަމަ ކޮންމެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި މިއީ ހުރިހާ ރައްޔިތުންނަށްވެސް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

މިހަރަކާތުގައި ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަން ނިންމާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

މި ހަރަކާތުގައި ބައިވެރިވެ ހެދިކާ ވިއްކަން ބޭނުންވާ ފަރާތްތަކާއި ދަރުމަވެރިއެއްގެ ގޮތުގައި އުޅެން ބޭނުންވާ ފަރާތްތަކުން 7947585 / 7947133 / 9995879 ނަމްބަރަށް ގުޅައި ނަންނޯޓްކުރުމަށް އެފަރާތުން އެދެ އެވެ.

ފަލަސްތީނަށް އެހީވުމުގެ ގޮތުން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން ބައެއް ވިޔަފާރިކުރާ ތަންތަނުގައި ވަނީ ފަންޑުފޮށިތައް ބަހައްޓާފައި އެވެ. އަދި ބައެއް މުވައްސަސާތަކުން އަންނަނީ އެ ފަންޑަށް ފައިސާ ހަދިޔާކުރަމުންނެވެ.

އެގޮތުން އެފަންޑަށް ފުރަތަމަ ފައިސާ ހަދިޔާކުރި ކުޅުދުއްފުށީގެ މުވައްސަސާއަކަށްވެފައިވަނީ އަފީފުއްދީން ސްކޫލުންނެވެ. އެ ސްކޫލުގެ މުވައްޒަފުން ފަރާތުން ވަނީ އެ ފަންޑަށް 1000 ޑޮލަރަށްވާ ފައިސާ ހަދިޔާކޮށްފަ އެވެ.

އިޒްރޭލުން ގާޒާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި ފަލަސްތީނުގެ 253 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުން ހިމެނެ އެވެ. މީގެ އިތުރުން 1948 މީހަކު ޒަޚަމްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355