twitterviber whatsapp telegramfacebookyoutube instagram
3rd May 2026

ރާއްޖޭގެ އެއާޕޯޓުތައް ބޭރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ހިންގޭ ގޮތް ހަދައިފި

ޚަދީޖާ އާދަމް
Jun 14, 2021
1

ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އިސްލާހު ކޮށްފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ނެރުނު ޕޮލިސީގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ފްރައިޓް ސާވިސްއާއެކު އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ދެވޭނީ ބޭރުގެ 75 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓު ކޮށް، އަމަލު ކުރަން ފަށާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ފްރައިޓް ސާވިސް ނުލައި، ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާ ވާ ކުންފުނިތަކަށް ދެވޭނެއެވެ.

އެއާޕޯޓުގެ ހިދުމަތް ދިނުމަށް ހަވާލު ކުރާ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓްކޮށް މެނޭޖުކުރުމާއި އެއާ ޓްރެފިކް ކޮޮންޓްރޯލްގެ ހަރަކާތްތަކާއި ގްރައުންޑް ސާވިސް ހިދުމަތްވެސް ފޯރުކޮށްދެވޭނެ ކަމަށް ޕޮލިސީއަށް ގެނައި އިސްލާހުގައިވެއެވެ.

ކުރިންވެސް އޮތް ގޮތަށް އެ ކުންފުންޏަކުން ފަސް އަހަރުގެ ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރަން ޖެހޭނެ އެވެ. އެ ހިދުމަތް ދިނުމަށް އެ ކުންފުންޏާ ހަވާލު ކުރެވޭނީ އެންމެ ގިނަވެގެން 50 އަހަރު ދުވަހަށެވެ. އަދި އެ ހުއްދަ ދޭނީ ސަރުކާރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355