twitterviber whatsapp telegramfacebookyoutube instagram
11th September 2026

ރަށްރަށަށް ފުރަން ލުޔެއް: ވީއައިއޭގެ ޑޮމެސްޓިކް ހިދުމަތް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް

Feb 18, 2026

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ދެމުން އައި ހިދުމަތްތައް ކުރީގެ އިންޓަނޭޝަންލް ޓާމިނަލަށް ބަދަލު ކޮށްފި އެވެ.

ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ޓަރމިނަލް-2 އަށް ބަދަލުކުރުމަށް އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ބުނީ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ ޓާމިނަލް-2 އަކަށް ބަދަލު ކޮށްފައި ވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހުގައި ކަމަށެވެ.

އެގޮތުން ކުރިން ރަށްރަށަށް ފުރާ ފަރާތްތަކަށް ޑޮމެސްޓިކް ޓާމިނަލްގައި އަށް ޗެކިން ކައުންޓަރު ހުރި ނަމަވެސް މިހާރު 27 ކައުންޓަރު ހުންނާނެ އެވެ. އަދި ސެކިއުރިޓީ ކްލިއަރެންސަށް ތިން މެޝިން ބަހައްޓާފައިވާ އިރު ހަ ޑިޕާޗާ ގޭޓް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ޓާމިނަލް-2 ގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކި ދެ ނަމާދު ކޮޓަރިއާއި ކުޑަކުދިންގެ ކުޅޭ ސަރަހައްދަކާއި އެފްއެންޑްބީގެ ތިން އައުޓްލެޓް ހުންނާނެ ކަމަށާއި ފަސިންޖަރުންގެ ދަބަސްތައް ނެގުމަށް ވެސް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293