ށ. މިލަންދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކާ ނިމިއްޖެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ އެ މަޝްރޫއުގެ ތެރެއިންއެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހު 3 ގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ނިންމާލާފައިވާ ކަމަށާއި އެކަމަށް ހޭދަވީ ޖުމްލަ 31 ދުވަސް ކަމަށެވެ.
"ކުވީން އޮފް ދަ ނެދަލެންޑްސް" ނަމަލަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެން 21 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.
މިލަންދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. މިއީ ށ. އަތޮޅުގައި ތަރައްގީކުރާ ހަތަރު ވަނަ އެއާޕޯޓެވެ.




