twitterviber whatsapp telegramfacebookyoutube instagram
3rd June 2023

ކެނެޑާއިން ވެސް ރާއްޖެއަށް ވެކްސިން ފޯރުކޮށްދެނީ

ޚަދީޖާ އާދަމް
Jun 5, 2021

ކެނެޑާއިން ވެސް ރާއްޖެއަށް ކޮވިޑް-19 ވެކްސިން ހަދިޔާ ކުރަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ކެނެޑާއިން ސްރީލަންކާއަށާއި ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައި ކޮމިޝަނަރު ޑޭވިޑް މެކިނޮން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެނެޑާއިން ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ.

މެކިނޮންގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ ކެނެޑާއިން ފޯރުކޮށްދިން އެހީއިން ރާއްޖެއަށާއި ސްރީލަންކާއަށް ވެކްސިން ލިބޭނެކަމަށާއި އަދި އެކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ.

އެގޮތުން ކެނެޑާއިން ކޯވެކްސް ފެސިލިޓީއަށް 220 މިލިއަން ކެނޭޑިއަން ޑޮލަރު ވެކްސިން ގަތުމަށް ހަދިޔާކޮށްފައިވާކަމަށް ވިދާޅުވި އެވެ. ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ކެނެޑާއިން ރާއްޖެއަށް ފޯރުކޮށްދެނީ ކިހާ އަދަދެއްގެ އަދި ކޮން ވައްތަރެއްގެ ވެކްސިނެއްކަމެއް މެކިނޮން ހާމައެއް ނުކުރައްވަ އެވެ.

އިންޑިޔާގެ ހާލަތާއިއެކު ރާއްޖޭގައި ދެމުންދިޔަ ކޮވިޝީލްްޑް ވެކްސިން ލިބުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ދަނީ ރަޝިޔާއިން ސްޕަޓްނިކް ވެކްސިން ލިބޭތޯ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި މިވަގުތު ހުއްދަދީފައިވަނީ ފައިޒާ ވެކްސިން، އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން، ޗައިނާގެ ސިނޮފާމް ވެކްސިން އަދި ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިން އަށް އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355