ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާ މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ފަރުވާދެމުން ދަނިކޮށް ރޭ 12:19ގަ އެވެ.
މި މަރާއެކު ރާއްޖޭން މި ބަލީގައި މީހުން މަރުވި އަދަދު މިވަނީ 186 އަރާފައެވެ. އިއްޔެ ވެސް ކޮވިޑުގައި ރާއްޖެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ.
މިދިޔަ މޭ މަހަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް ޖެހިގެން މީހުން މަރުވި މަހެވެ. އެގޮތުން މޭ މަހު އެކަނި ވެސް 88 މީހަކު ކޮވިޑުގައި ވަނީ މަރުވެފަ އެވެ.