twitterviber whatsapp telegramfacebookyoutube instagram
8th November 2026

ހަނިމާދޫ ބަނދަރު ތަރައްގީކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ބާޖު ގެންގޮސްފި

Jun 8, 2021

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ބާޖް ގެންގޮސްފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ހިލައިގެ ދެވަނަ ޝިޕްމެންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށެވެ. މި މަޝްރޫއުގެ ދަށުން ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަހައްދުގެ 53،522.50 ކިއުބިކް މީޓަރުގެ ފުންކޮށް 31،575.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 270 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތްވެސް ޕްރޮޖެކްޓް ތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢުގެ ތެރެއިން 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދިގެން ދާނެއެވެ. މިދިޔަ އަހަރު މެއި 05 ވަނަ ދުވަހު މޮބަލައިޒްކުރެވުނު މި މަޝްރޫއަކީ 57.12 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293